Support Us

ަނާޒިމާއި ސަލީމް މާލޭ ވިޔަފާރި ބަނދަރަށް

މާލޭ ވިޔަފާރި ބަނދަރުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވައިލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމާއި އޭދަފުށި ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް މިއަދު މާލޭ ވިޔަފާރި ބަނދަރަށް ޒިޔާރަތެއް ކުރައްވައިފައެވެ.

އެމް.ޕީ.އެލް އިން ބުނީ މި ޒިޔާރާތުގައި މި ދެ ބޭފުޅުންވެސް ވަނީ މާލޭ ވިޔަފާރި ބަނދަރު ސަރަހައްދަށް ވަޑައިގެން މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވައިލައްވައިފައެވެ.

އަދި އެމް.ޕީ.އެލްގެ މަސައްކަތްތަކާ ގުޅޭގޮތުން، އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ރިޝްވާނާއި ކުންފުނީގެ މެނޭޖްމަންޓުން ވަނީ އެ ދެ ބޭފުޅުންނަށް މަޢުލޫމާތު ދެއްވައްވައިފައި ކަމަށް ވެސް އެމް.ޕީ.އެލް އިން ބުނެއެވެ.