Support Us

ދިވެހިރާއްޖެ މިއޮތީ ބޮޑު ޚަޒާނާއެއްގެ މަތީގައިކަން އެނގޭތަ؟

ދިވެހިރާއްޖޭގެ ކަނޑު އަޑީގައި ފޮރުވިފައިވާ މަޢުދަނީ މުއްސަނދިކަން

ދިވެހިރާއްޖޭގެ ވިލުކުލައިގެ ސާފު މޫދުގެ އަޑީގައި ފެންނަން ނެތް ނަމަވެސް، ވަރަށް ބޮޑު މުއްސަނދިކަމެއް ފޮރުވިފައި އެބަ އޮތެވެ.- އެއީ އަގުބޮޑު މައުދަންގެ ފަރުބަދައެކެވެ. އެއީ ކާލްސްބަރގް ފަރުބަދައެވެ. އެތަނުގައި ތަފާތު އެތައް އަގުބޮޑު މައުދަންތަކެއް އެބަހުއްޓެވެ. އެއީ އެއް އިރެއްގައި އަލިފާން ފަރުބަދައެއް ގޮވައި، ދުނިޔޭގެ ބިމުގެ އަޑިން ބުރައިގެންދިޔަ މައުދަންތަކެވެ. މިއީ މަދުން ނޫނީ ނުފެންނަ ބާވަތްބާވަތުގެ މައުދަންތަކެވެ. މީގެ ތެރޭގައި ރަން, ރިހި، ލޮއި، ލިތިއަމް، އަދި ދަނގަނޑާއި ކޮބަލްޓް ފަދަ ކިތަންމެ އަގުބޮޑު މައުދަންތަކެއް އެބަހުއްޓެވެ.

މި މައުދަންތަކަކީ ނުހަނު އަގުބޮޑު އަދި ހުސްވުމެއް ނެތްހާ ގިނައިން ހުރި އެއްޗެކެވެ. މި މައުދަންތައް ނެގޭނެ ގޮތެއް ހޯދިއްޖެނަމަ ރާއްޖެ ޓޫރިޒަމަށް ބަރޯސާވެގެން އުޅޭކަށް ނުޖެހޭނެއެވެ. އަދި ރާއްޖެއަކީ ނުހަނު މުއްސަނދި ގައުމެއް ކަމުގައި ވާނެއެވެ.

އިންޑިއާގެ ޕްލޭޓް އުތުރަށް ދަތުރުކުރަމުން ދިޔަ، މި އަލިފާން ފަރުބަދަ އަޑިޔަށް ގޮސް އެއަށްފަހު މުރަކަތައް ހެދެމުން، ފަށަލައަކުން ފަށަލައަކުން މައްޗަށް އުފުލެމުން ދިޔައީއެވެ. މުރަކަތަކުގެ ދަށުގައި ވަނީ، ބަރިބަރިއަށް ހުރި ބިމުއަޑީގެ ފަސްތަކެވެ. އެ ފަސްތައް ޒަމާންތަކެއް ވަންދެން މި ޖަޒީރާތަކުގެ ދަށުގައި މިވަނީ ރައްކާތެރިކަމާއެކު ފޮރުވިފައެވެ.

ކަނޑާ ބެހޭ ޖިއޮލޮޖިސްޓުންނަށް ޒަމާނުއްސުރެން އެނގިފައިވާ ގޮތުގައި ދިވެހިރާއްޖެ ފަދަ ހޫނު ގައުމުގެ ތަކުގެ މޫދުއަޑިން ފޮސްފޮރައިޓް ނެގިދާނެއެވެ. އެއީ ކެލްސިއަމް ފޮސްފޭޓް އިން އެކުލެވިފައިވާ ގިނަ މައުދަން ހުންނާތީއެވެ. މިއީ ބިންމަތީގެ އެހެން ތަނަކުން މަދުން ނޫނީ ނުފެންނާނެ އެއްޗެކެވެ. އޭގެ ތެރޭގައި ނިއޯޑައިމިއަމް، އިޓްރިއަމް، އަދި ޑިސްޕޮސިއަމް ފަދަ ގިނަ މައުދަންތައް އެކުލެވެއެވެ. އަތޮޅުތަކުގައި މެދުގައިވާ ކަނޑުގެ ރިޖްތަކަކީ މި ސެޑިމެންޓް އެއްތަން ކުރާ ތަންތަނެވެ. އަދި ނިއުޓްރިއެންޓް ގިނަ ލޮނުގައި ވެސް ޓްރޭސް އެލެމެންޓްތައް ވަރަށް ގިނައެވެ. މި ޑިޕޮޒިޓްތައް ނެގިއްޖެ ނަމަ ރާއްޖެއަކީ ދުނިޔޭގައި ޗާޓުގައި ފެވިގެން ހިނގައިދާނެ ގައުމެކެވެ.

ރާއްޖޭގެ ކައިރީގައި މިވާ މޯލްޑިވްސް ކާރލްސްބަރގް ރިޖްގައި އެކުލެވޭ ގިނަ އަދަދެއްގެ މައުދަން ނެގޭގޮތް ވެއްޖެ ނަމަ، ރާއްޖެއަކީ މި ސަރަހައްދުގައިވާ އެންމެ މުއްސަނދި އެއް ގައުމު ކަމުގައި ނުވާނެ އެއްވެސް ސަބަބެއް ނެތެވެ. މި ރިޖްއަކީ ނުވަތަ އަޑީގެ ފަރުބަދައަކީ އިންޑިއާއާވެސް ނުހަނު ކައިރީގައިވާ ސަރަހައްދެކެވެ. އަދި ރާއްޖެ އޮތީ މި ފަރުބަދައާ އަދި މާ ކައިރީގައެވެ. މިއީ އެއްވެސް ގައުމެއްގެ ސިޔާދަތުގެ ދަށުގައި އޮތް ސަރަހައްދެއް ނޫނެވެ. އެހެންކަމުން މިތަނުން މައުދަން ނެގުމަށް ހުއްދައަށް އެދެން ޖެހެނީ International Seabed Authority A B (ISA). އިންނެވެ. ޚަބަރު ލިބޭގޮތުގައި މިތަނުގެ 10،000 ކިލޯމީޓަރުގެ ބޭނުން ކުރުމަށް އިންޑިއާ މިހާރު ވަނީ 15 އަހަރަށް ލައިސަންސް ވެސް ހޯދައިފައެވެ. އެހެން ނަމަވެސް ދިވެހިރާއްޖޭން ވެސް ލައިސަންސަކަށް އެދި ހުށަނާޅަންވީ ސަބަބެއް ނެތެވެ.

ދެތެކެވެ. ރާއްޖޭގައި ކަނޑުއަޑިން މައުދަން ނެގުމުގެ ފަންނީ ގާބިލް ކަމެއް އަހަރެމެންގެ ކިބަޔަކު ނެތެވެ. އެހެންނަމަވެސް އެކަމުގެ ތަޖްރިބާ ހުރި ބަޔަކާ ގުޅިގެން މިހައި ފައިދާ ހުރި ޚަޒާނާއެއް ނަގަން މަސައްކަތް ނުކުރަންވީ ސަބަބެއް ވެސް ނެތެވެ.

އަހަރެމެން މި ތިބީ ކިތަންމެ އަގުބޮޑު ޚަޒާނާއެއްގެ މަތީގައި ކަމަށް ވިޔަސް މި ޚަޒާނާގައިވާ އަގުބޮޑު މައުދަން ނަގާކަށް މިހާތަނަކަށް އަހަރެމެން މާބޮޑު މަސައްކަތެއް ކޮށްފައިނުވާ ކަމަކީ ހިތާމައެކެވެ.

މިތަނުން ނެގެން ހުރި ބައެއް މައުދަންތައް.

ކޮޕަރ (Cu): ކަރަންޓް ވަޔަރިންގ، އިލެކްޓްރޯނިކްސް، އަދި ކަރަންޓް އުފެއްދުމަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ.

ޒިންކް (Zn): ދަގަނޑު ގަލްވާނައިޒް ކުރުމަށް އަދި ބެޓެރީ ޓެކްނޮލޮޖީގައި ބޭނުންކުރެއެވެ.

ރަން (Au) އަދި ރިހި (Ag): މާކެޓް ވެލިއު ބޮޑު އަގުހުރި މައުދަން ތަކެކެވެ.

މަތީ ގްރޭޑް ޑިޕޮސިޓްތައް: އެހެން ސަރަހައްދުތަކުގައި (ޕަޕުއާ ނިއު ގިނީގެ ކަނޑުގެ ސަރަހައްދުތަކުގައި ހުންނަ ފަދައިން) އެސްއެމްއެސް ޑިޕޮސިޓްތަކުން އެސޭޑް ގްރޭޑްތަކުން ދައްކާފައިވަނީ މަތީ ކޮންސެންޓްރޭޝަންތަކެއް ކަމަށާއި، ބައެއް ފަހަރު ބިމުގައި ހުންނަ މައިންތަކަށް ވުރެ މާ މަތީ ކޮންސެންޓްރޭޝަންތަކެއް ކަމަށެވެ. މިސާލަކަށް ބައެއް ސާމްޕަލްތަކުން ދައްކާފައިވަނީ؛ %6.8 އާ ހަމައަށް ކޮޕަރ ގްރޭޑްތައް މުހިންމު ރަން (އެބަހީ، މިލިއަނަކަށް 4.8 ބައި) އަދި ރިހި (މިލިއަނަކަށް 23 ބައި)

ގްލޯބަލް މާކެޓް ޕޮޓެންޝަލް: މެންގަނީޒް ނޮޑިއުލްސް (ކާލްސްބަރގް ރިޖް ސަރަހައްދުގައި މަދު) އާއި ކޯބަލްޓް ގިނަ ކްރަސްޓްތައް ހިމެނޭ ފުޅާ ފުން ކަނޑުގެ މައިނިން މާކެޓަކީ ސާފު ހަކަތަ ބަދަލުވުމުގެ ސަބަބުން ބޮޑު ސިނާއަތަކަށް ވާނެ ކަމަށް ލަފާކުރެވެ އެވެ:

ދުނިޔޭގެ ފުން ކަނޑުގެ މައިނިންގ މާކެޓުގެ އަގު 2024 ވަނަ އަހަރު ގާތްގަނޑަކަށް 3.92 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، 2032 ވަނަ އަހަރު 40 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރެވެއެވެމ (ކޮމްޕައުންޑް އެނުއަލް ގްރޯތް ރޭޓް %34 އަށްވުރެ މަތީގައެވެ.)

ބައެއް ތަހުލީލުތަކުން ލަފާކުރާ ގޮތުގައި ކަނޑުއަޑީގެ މެޓަލްތަކުގެ އެޑްރެސް ކުރެވޭ މާކެޓް ދުނިޔޭގެ ފެންވަރުގައި 20 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާފާނެ އެވެ.

ސްޓްރެޓެޖިކް މުހިންމުކަން: އިންޓަނޭޝަނަލް ސީބެޑް އޮތޯރިޓީ (އައިއެސްއޭ) އިން ކާލްސްބަރގް ރިޖްގައި ޕީއެމްއެސް އެކްސްޕްލޯރޭޝަންގެ ޚާއްޞަ ހައްގުތައް ހޯދާފައިވާ އިންޑިއާ ފަދަ ޤައުމުތަކަށް މި މަޢުދަންތަކަކީ ޑިފެންސް، ހައިޓެކް މެނުފެކްޗަރިންގ، އަދި ސެމީކޮންޑަކްޓަރސް އަދި އެޑްވާންސް އިލެކްޓްރޯނިކްސްގެ ޑޮމެސްޓިކް ސަޕްލައި ޗޭންއެއް ބިނާކުރުމަށް ވަރަށް މުހިންމު މަޢުދަންތަކެއް ކަމަށް ބެލެވެއެވެ.

އެހެން ނަމަވެސް މި ޚަޒާނާގެ މަތީގައި އޮތް ޖަޒީރާ ގައުމަށް މިހާރު މިއީ ހަމަ އެކަނި ޚަޒާނާއެއްގެ ހުވަފެނެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *