Support Us

ތިނަދޫގައި އާ މެޑިކަލް ސެންޓަރެއް ހުޅުވައިފި

ސަދަން މެޑިކަލްސް ސެންޓަރުގެ ނަމުގައި އާ ކްލިނިކެއް ގދ. ތިނަދޫގައި ހުޅުވައި ވަގުތީ ގޮތުން މިއަދު ޚިދުމަތް ދޭން ފަށައިފިއެވެ.
"ވަގުތީ ގޮތުން ހުޅުވުމާއެކު ބަލިމީހުން ބަލަން ވަނީ ފަށައިފަ. ނަމަވެސް ލެބްގެ ޚިދުމަތް އަދި ނުފަށާ. އެ ޚިދުމަތްތައް ދޭން ފަށާނީ ރަސްމީކޮށް ހުޅުވުމުން،" އެސް.އެމް.ސީގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.
ކަށީގެ ބަލިތަކާއި އޮޕަރޭޝަން ތަކަށް ޚާއްޞަ އަދި ކާމިޔާބު އޮޕަރޭޝަން ތަކެއް ކުރައްވާ ގިނަ ބައެއްގެ ސަމާލުކަން ހޯއްދަވާފައިވާ ޑޮކްޓަރ ޑރ. އަހުމަދު ޢާޒިމް ވެސް މަސައްކަތް ކުރައްވާ މި ކްލިނިކްގައި ފަރުވާދޭ ބަލިތަކުގެ ތެރޭގައި ހުޅު ބާރުވުން، ހުޅުގައި ރިއްސުން, އޮސްޓިއޯޕޮރޮސިސް، ބުރަކަށި އަދި އުނަގަނޑުގައި ރިއްސުން, އޮސްޓިއޯތަރައިސިސް، ކަނދުރާ އާއި މައިބަދައިގެ ނާރު ތަކުގެ މައްސަލަ, ރާއްޖެ ބަލި, އަތް އައްސިވުން އަދި ކުޅިވަރު އިންޖަރީސް ހިމެނެއެވެ.
ތިނަދޫ ޕޯސްޓް އޮފީހުގެ ހުޅަނގު އިމާރާތުގައި ހުޅުވި މި ކްލިނިކް ޚިދުމަތް މިއަދު ފެށި ނަމަވެސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގައި ކަމަށް އެ ކްލިނިކުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *