Support Us

ތިރީސް ފަހަރު ކޮނޑުހުޅުން ނެއްޓިފައިވާ މީހެއްގެ ކާމިޔާބު އޮޕަރޭޝަނެއް ތިނަދޫގައި ކޮށްފި

ތިރީސް ފަހަރަށްވުރެ ގިނަ ފަހަރު ކޮނޑުހުޅުން ނެއްޓިފައިވާ މީހެއްގެ ކޮނޑުގެ ކަށިކޮޅެއް ލައްވައިގެން ގދ. ތިނަދޫ ޑރ. އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މިއަދު ކާމިޔާބު އޮޕަރޭޝަނެއް ކޮށްފިއެވެ. މިއީ ލަތާޖޭ އޮޕަރޭޝަނެއް ރާއްޖޭގައި ކުރި ފުރަތަމަ ފަހަރު ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ކަށީގެ ބަލިތަކަށް ޚާއްޞަ ޑރ. ޢާޒިމް އަހުމަދުގެ ޓީމުން ކުރި މި އޮޕަރޭޝަނަކީ އުމުރުން 70 އަހަރުގެ ފިރިހެނެއް ކޮނޑު ހުޅުން ތަކުރާރުކޮށް ނެއްޓުމުގެ ސަބަބުން ހުޅަށް ލިބިފައިވާ ގެއްލުން ރަނގަޅުކޮށް އިތުރަށް ހުޅު ނުނެއްޓޭނެ ގޮތް ހެދުމަށް ކުރި އޮޕަރޭޝަނެއް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. މި އޮޕަރޭޝަންކުރީ ކޮނޑުހުޅު ކައިރީގައި ހުންނަ ކަށިކޮޅެއް ހުޅުތެރޭގައި ހަލާކުވެފައި ހުންނަ ބަޔަށް ލައްވައިގެންނެވެ.

މިއީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި އަދި ރާއްޖޭގައި ކަށީގެ އޮޕަރޭޝަންގެ ދާއިރާ ކުރިއަރަމުން އަންނަކަމުގެ ހެއްކެއް ކަމުގައި ވެސް ހޮސްޕިޓަލުން ބުނެއެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ މި ނޫނަސް ކަށީ ބޮޑެތި އޮޕަރޭޝަންތައް އާންމު ގޮތެއްގައި ކުރާ ހޮސްޕިޓަލެކެވެ. އެގޮތުން ބިންދައިގެންދާ ކަށިތަކުގެ އޮޕަރޭޝަނާއި ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތައް އެ ހޮސްޕިޓަލުގައި ކުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް