Support Us

މާމަ ސަލާމަތްކުރީ 11 އަހަރުގެ "ޑްރައިވަރު"

ކުއްލިއަކަށް މާމަގެ ބޯ އަނބުރާގޮތްވެ، ހިނގަން ދަތިވި މައްސަލަ ފެންމަތިވިއިރު އުމުރުން 11 އަހަރުގެ ޕީ.ޖޭ ބްރޫވަރ ލޭ އުޅުނީ އޭނާގެ ގެ ހުންނަ ހިސާބާ ގާތްގަނޑަކަށް ދެ ކިލޯމީޓަރު ދުރުގައި އޭނާގެ މާމައާ އެކު ގޯ-ކާޓް ދުއްވުމުގައެވެ. އެވަގުތު މާމައަށް އެހީވުން ނޫން ގޮތެއް އޭނާއަކަށް ނެތެވެ. އެހެންވެ މާމަ ގެއަށް ގެންގޮސްދިނީ މާމަގެ ކާރު އޭނާ އަމިއްލައަށް ދުއްވާލައިފައެވެ.

"ކޮންމެ ދުވަހަކު ހިނގާލަން ދާއިރު ޕީޖޭ އަބަދުވެސް އުޅޭނީ އޭނާގެ ގޯ-ކާޓް ނޫނީ ބައިސްކަލު ނޫނީ އޭނާގެ ކުޅޭ ކާރު ދުއްވުމުގައި،" ޑަބްލިޔު.ޓީ.އެޗް.އާރް އާއި ވާހަކަ ދައްކަމުން މާމަ، އެންޖެލާ ބްރޫވަރ ބުންޏެވެ. ނަމަވެސް އެދުވަހު ހިނގަނިކޮށް ލޮލުގެ ފެނުން ފުސްވެ، ބޯ އަނބުރާ ގޮތްވާން ފެށުމުން މަގުގައި ހަރުކޮށްފައިވާ ސްޓޮޕް ސައިން އެއްގައި ލެނގިލީއެވެ.

"ޕީޖޭ އަށް ވަގުތުން އެނގިއްޖެ ކަމެއް ގޯސްވެއްޖެކަން. އަހަރެން ވެއްޓެން އުޅެނިކޮށް އޭނާ މަސައްކަތް ފަށައިފި،" އެންޖެލާ ބުންޏެވެ.

އެންޖެލާ ބުނިގޮތުގައި އޭނާއަށް މި އުނދަގޫތައް ވާން ފެށުމުން އޭނާގެ މާމަ ދަރިފުޅު ދުރަށް ދިޔަތަން ފެނުނެވެ. ދެން ފެނުނީ ޕާކުކޮށްފައި އިތް އޭނާގެ މާސީޑީސް ކާރު އެ ދިމާލަށް އަންނަނިކޮށެވެ.

"ސްޓޮޕް ސައިން ކައިރީ ލެނގިގެން ހުއްޓާ ފެނުނީ އަހަރެންގެ ކާރު އަންނަތަން. ހަމަ މަޑުމަޑުން ދުއްވާލާފައި އައިސް ކާރު ހުއްޓީ އަހަރެން ކައިރިއަށް،" ޕީޖޭގެ މާމަ ބުންޏެވެ.

ޕީޖޭ ދިޔައީ ކާރު ބަލާކަން މާމައަށް އެނގުނީ ދެނެވެ. އެއްވެސް މައްސަލައެއް ނުޖެހި ކާރުގައި އައިސް މާމަ ގެއަށް ލައިދީ މާމައަށް ބޭސް ދިނީ ކުޑަކުޑަ މާމަ ދަރިފުޅެވެ.

"ކާރު ދުއްވާފައި ގޮސް ގޭގެ ކުރިމަތީގައި ޕާކްކޮށްފައި އަހަރެން ގެއަށް ވަންނަންދެން އެހީވީ ޕީޖޭ. އޭނަ އަށް އަދި އެންމެ 11 އަހަރު! އޭނާގެ މަންމައަށްވުރެ މޮޅަށް އޭނަ ކާރު ދުއްވާ،" އެންޖެލާގެ ފޭސްބުކްގައި އޭނާ ބުނެފައިވެއެވެ.

އެންޖެލާ އިތުރަށް ބުނެފައިވާ ގޮތުގައި މިއީ ޕީޖޭ ކާރެއް ދުއްވި ފުރަތަމަ ފަހަރެއް ނޫނެވެ. ޕީޖޭ ވަނީ އޭނާގެ ކާފައާ އެއްކޮށް ގޭގެ ޑްރައިވްވޭގައި ކާރު ދުއްވުމަށް ދަސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *