Support Us

ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާ ދަނޑިވަޅުގައި އިމްތިހާނު ބޭއްވުމާ ދެކޮޅަށް އިންޑިއާގައި މުޒާހަރާކޮށްފި

ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާ ދަނޑިވަޅުގައި ޔުނިވަރސިޓީތަކުން އެޑްމިޝަން އިމްތިހާނު ބާއްވަން އުޅޭތީ، އެކަމާ ދެކޮޅަށް އިންޑިއާގައި އެތައް ސަތޭކަ ބަޔަކު މުޒާހަރާކޮށްފިއެވެ.

އިންޑިއާގެ މެޑިކަލް އަދި އިންޖިނިއަރިންގެ ތައުލީމުދޭ މަރުކަޒުތަކަށް ވަނުމަށް ހަދަންޖެހޭ އިމްތިހާނުތައް ބާއްވަން އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސާފައިވަނީ އަންނަ ހަފްތާގައެވެ. އިމްތިހާނުތަކުގައި 2.4 މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި އަވަށްޓެރި ގައުމުތަކުގެ މީހުންވެސް ހިމެނޭ ކަމަށް އެ ގައުމުގެ ހަބަރުފަތުރާ ވަސީލަތްތަކުން ބުނެއެވެ. މިކަމާއި ދެކޮޅަށް އިންޑިއާގެ މައި ސިޓީތަކުގައި އެތައް ސަތޭކަ ބަޔަކު މަގުތަކަށް ނިކުމެ، އިންތިހާނުތައް ފަސްކުރުމަށް ވަނީ ގޮވާލައިފައެވެ.

މާސްކު އަޅައި، ގައިދުރުކަން ދެމެހެއްޓުމަށް ސަމާލުކަން ދީގެން ހިންގި މުޒާހަރާތަކުގެ ބައިވެރިން ބުނެފައިވަނީ ކޮވިޑް-19 ފެތުރެމުންދާއިރު އިމްތިހާނުގައި ބައިވެރިވުމަކީ އަމިއްލައަށް މަރުވުން ކަހަލަ ކަމެއް ކަމަށެވެ. މިކަމާއި ގުޅިގެން ޓައިމްސް އޮފް އިންޑިއާއަށް ދެއްވި އިންޓަވިއުގައި އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރ ރަމޭޝް ޕޮކްރިޔާލް ވިދާޅުވީ އިމްތިހާނު ފަސްކުރަމުންދާނަމަ ދަރިވަރުންނަށް ދިރާސީ އަހަރު ގެއްލޭނެ ކަމަށެވެ.

އާންމުކޮށް އޭޕްރިލް އަދި މޭ މަހުގައި ބާއްވާ އިމްތިހާނުތައް، ކޮވިޑް-19 ގެ ސަބަބުން މި އަހަރު ދެފަހަރެއްގެ މަތިން ވަނީ ފަސްކޮށްފައެވެ. ދުނިޔޭގައި އެންމެ ގަދައަށް ކޮވިޑް-19 ފެތުރޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާގައި މިހާތަނަށް 3.3 މިލިއަން މީހުން ބައްޔަށް ޕޮޒިޓިވްވެ، 60،000 އަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *