މުވައްޒަފުންނަށް ތަމްރީން ދިނުމަށާއި ފެނަކައިގެ ހިދުމަތްތަކާ ބެހޭ ދިރާސާއެއް ހެދުމާ ބެހޭ އެއްބަސްވުމެއްގައި ވިލާ ކޮލެޖާއެކު ސޮއިކޮށްފި އެވެ.
ފެނަކައިން ބުނީ ވިލާ ކޮލެޖާ އެކު މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ މުވައްޒަފުންނާ ގުޅުން ހުރި ތަފާތު ތަމްރީންތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"މި ފަހުމުނާމާގެ ދަށުން، މުވައްޒަފުންނަށް ގުޅުން ހުރި ތަފާތު ތަމްރީންތައް ހިންގުމާއި ވަކިން ހާއްސަކޮށް ޓެކްނިކަލް މުވައްޒަފުން ޔޫ.އާރް.އޭ މިންގަނޑަށް ސެޓިފިކޭޝަން ދިނުމަށް ވަނީ ހަމަޖެހިފައި" ފެނަކައިން ބުންޏެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެ އެެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދެވެ. ވިލާ ކޮލެޖްގެ ފަރާތުން، ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބެވެ.



advertisment

