Support Us

ފްލެޓްތަކަށް ފީ ނުދައްކައި، އެއްބަސްވުމާ ހިލާފްވާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

ސަރުކާރުގެ ސޯޝަލް ހައުސިންގެ ދަށުން ލިބިފައިވާ ފްލެޓްތަކުގެ ކުލި ނުދައްކާތީ އާއި އެ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޭ މައްސަލާގައި އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހައުސިން މިނިސްޓްރީން ދީފި އެވެ.

ހައުސިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް މާލޭ ސަރަހައްދާއި ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި ހުރި ފްލެޓްތަކުގެ ކުލިން 20 ޕަސެންޓް މައާފްކޮށްދީފައިވާ ކަމަށެވެ. އެއަށްފަހު އެ ފްލެޓްތަކުގެ ވެރިންނަށް ގަވައިދުން ކުލި ދެއްކުމަށް މިއަހަރުގެ ޖެނުއަރީން ފެށިގެން އަންގާފައިވާނެ ކަމަށާއި ނަަމަވެސް ގިނަ ފަރާތްތަކަކުން އަދިވެސް ކުލި ނުދައްކާތީ ކުލި ގަވާއިދުން ކުލި ދެއްކުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ފްލެޓްތަކަށް ގަވާއިދުން ކުލި ދައްކަމުން ނުދާ ފަރާތްތަކާއި ކަނޑައެޅިފައިވާ ބޭނުން ނޫން އެހެން ބޭނުންތަކަށް ޔުނިޓްތައް ބޭނުން ކުރުމާއި، ގަވާއިދާ ހިލާފަށް ތަނަށް ބަދަލު ގެނައުމާއި ކުއްޔަށް ދިނުމާ ގުޅޭ ކަންކަން މިނިސްޓްރީން ބަލަމުން ގެންދާނެ ކަަމަށް މިނިސްޓްރީން ބުނެއެވެ.

"މިގޮތުން ގަވާއިދާ ހިލާފަށް އަމަލް ކުރަމުން ގެންދާ ފަރާތްތަކާ މެދު އެއްބަސްވުމާ އެއްގޮތަށް ފިޔަވަޅު އަޅާނެ،" ހައުސިން މިނިސްްޓްރީން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *