Support Us

ދިއްލީގެ އެތައް މިލިއަން މީހުންނަކަށް ކޮވިޑް ޖެހިފައިވޭ: ދިރާސާ

އިންޑިއާގެ ނިއު ދިއްލީގައި އެތައް މިލިއަން މީހުންނަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ބެލެވޭ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

ފަނަރަ ހާސް މީހުން ހިމަނައިގެން މިމަހުގެ ފުރަތަމަ ހަފުތާތެރޭގައި ކުރިއަށް ގެންދިޔަ އެ ސަރވޭގެ ތަފާސްހިސާބުތަކުން ދައްކާފައިވަނީ ކޮވިޑް-19 ޖެހިގެން ރަސްމީ އިދާރާތަކުން ރެކޯޑުކޮށްފައިވާ އަދަދުތަކަށް ވުރެ އެތައް ގުނައެއް އިތުރު އަދަދުތަކެކެވެ.

ނިއު ދިއްލީގެ ހެލްތު މިނިސްޓަރު ސަތުޔެންދްރަ ޖައިން ވިދާޅުވި ގޮތުގައި، 20 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނިއު ދިއްލީގެ 29.1 ޕަސަންޓު މީހުންގެ ގައިން ކޮވިޑް-19 ގެ އެންޓިބޮޑީޒް ވަނީ ފެނިފައެވެ. އަދި އޭގެ މާނައަކީ އެ މީހުންނަކީ ބަލި ޖެހި، ރަނގަޅުވެފައިވާ މީހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއީ ޖުލައި މަހުގައި އެ ސަރަހައްދުގައި ކުރި ސަރވޭއިން ދެއްކި އަދަދުތަކަށް ވުރެ 5.6 ޕަސަންޓް އިތުރު އަދަދެކެވެ.

އިންޑިއާގެ އެހެން ސަރަހައްދުތަކުގައި ކުރި ސަރވޭތަކާއި އެއްގޮތަށް ނިއު ދިއްލީގައި ކުރި ސަރވޭއިން ވެސް ދައްކާފައި ވަނީ އެ ގައުމުގެ ރަސްމީ އިދާރާތަކުން ރެކޯޑު ކުރާ އަދަދުތަކަށްވުރެ ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ. އަދި މިއީ، އެ ގައުމުގެ ރައްޔިތުން ސަމާލުވާން ޖެހިފައިވާ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. އެއީ ކޮވިޑް-19 ޖެހުނުކަން ނޭނގި، ބޭރުތެރޭގައި އުޅޭ މީހުންގެ ސަބަބުން، އުމުރުން ދުވަސްވީ މީހުންނާއި ހައި ރިސްކް މީހުންނަށް ބަލިޖެހުމުގެ ފުރުސަތު އޮތުމުންނެވެ.

އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ތިން މިރިއަނަށް އަރާފައިވާއިރު، އޭގެ ތެރެއިން 150،000 ކޭސް ރެކޯޑު ކުރެވިފައިވަނީ ނިއު ދިއްލީންނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *