Support Us

އެޑްވަޓޯރިއަލް

ފެނަކައިން "ޕޮއިސްޑް" ޕްރޮޖެކްޓްގެ ދަށުން ގިނަ ރަށްރަށުގައި ސޯލާ ހަރުކުރަނީ

ފެނަކަ ކޯޕަރޭޝަނަކީ ރާއްޖޭގެ 157 ރަށަށް އަސާސީ ޙިދުމަތް ދެމުންދާ ކުންފުންޏަކަށް ވާއިރު ފެނަކައިން ދަނީ އިޔާދަ ކުރުވަނިވި ހަކަތައިގެ މަގުން ހަކަތަ އުފެއްދުމުގައިވެސް ކުރިއެރުން ތަކެއް ހޯދަމުންނެވެ. އެގޮތުން 'ޕޮއިސްޑް ޕްރޮޖެކްޓްގެ ދަށުން ތ. އަތޮޅުގައި ޖުމުލަ 2.49 މވގެ ސޮލާ ހަރުކުރާއިރު 1.9 މވގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ވަނީ ހަރުކުރަން ނިންމާފައެވެ. ތ. އަތޮޅުގައި ސޯލާ ހަރުކޮށް ގިނަ ރަށްރަށުގައި ޕްރީ-ކޮމިޝަން ކުރެވި، ބޭނުންކުރަން ފަށާފައި ވާއިރު ބާކީ ހުރި ރަށްތައް ވެސް ޖުލައި މަސް ނިމުމުގެ ކުރިން ކޮމިޝަން ކުރެވޭނެ ކަމަށް ފެނަކަ އިން ވަނީ ހާމަ ކޮށްފައެވެ.

އިޔާދަކުރުވަނިވި ހަކަތައިގެ 'ޕޮއިސްޑް' ޕްރޮޖެކްޓްގެ ދަށުން ބ. އަތޮޅާއި ރ. އަތޮޅުގައިވެސް ސޯލާ ހަރުކުރަން ނިންމާފައިވާއިރު މި އަހަރު ސެޕްޓެމްބަރގައި ސޯލާ ހަރުކުރަން ފެށޭނެ ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ. މިގޮތުން ބ. އަތޮޅުގައި 2.74 މވގެ ސޯލާ ޕީވީ ހަރުކުރާއިރު ރ. އަތޮޅުގައި 3.599 މވގެ ސޯލާ ހަރުކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ފެނަކައިގެ ހުރިހާ އިންޖީނުގެއްގައިވެސް ވަނީ ސޯލާ ހަރުކުރަން ރާވާފައެވެ. އެއީ ޖުމުލަ 5 މވ އެވެ.

އަދި 'އެސްޕައަރ' ޕްރޮޖެކްޓްގެ ދަށުން ފެނަކައިން ޚިދުމަތްދޭ އެންމެ ބޮޑު ހަ ރަށުގައި ސޯލާ ހަރުކުރުމަށްވެސް ވަނީ ނިންމާފައެވެ. މި ރަށްތަކަކީ އައްޑޫ ސިޓީ، ތިނަދޫ ސިޓީ، ފުވައްމުލަކު ސިޓީ، ޅ. ހިންނަވަރު، ބ. އޭދަފުށި، ކުޅުދުއްފުށި ސިޓީ އެވެ. މިރަށްތަކުގައި ޖުމްލަ 11މވ ސޯލާ ހަރުކުރުމަށްވަނީ ނިންމާފައެވެ.

ޕޮއިސްޑް ޕްރޮޖެކްޓަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ހިލޭ އެހީގެ ދަށުން، ފެނަކަ ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގުޅިގެން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ސޯލާ-ޑީސަލް ހައިބްރިޑް ކަރަންޓު އުފައްދާ ނިޒާމުތައް ތަޢާރަފްކޮށް، ޑީސަލް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ބަރޯސާވާ މިންވަރު މަދުކުރުމެވެ.

ފެނަކަ ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޕްރޮޖެކްޓަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިޢާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާޞިލްވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދެވޭ މުހިންމު މަޝްރޫޢެކެވެ. މީގެ އިތުރުން، ދިވެހި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، ފެނަކައިން ކަރަންޓު އުފެއްދުމުގެ 33 އިންސައްތަ އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

މި މަޝްރޫޢުގެ ސަބަބުން، ރާއްޖޭގެ ހަކަތައިގެ ދާއިރާގައި ފާހަގަކުރެވޭ ކުރިއެރުމެއް ލިބި، ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާޞިލްވުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *