Support Us

މާފަރު އެއާޕޯޓްގައި ކެފޭއެއް ހިންގާނެ ބަޔަކު ހޯދަނީ

މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ކެފޭއެއް ހިންގާނެ ބަޔަކު ހޯދަން ހުޅުވައިލައިފި އެވެ.

ނ. އަތޮޅުގައި އޮންނަ މި އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް އިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މާފަރު އެއާޕޯޓްގައި ކެފޭއެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށެވެ. މިގޮތުން އިއުލާނާއެކު ވާ މައުލޫމާތު ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އެ ކުންފުންޏަށް މެއިލްކުރުމަށް އެދިފައިވެ އެވެ. ސުންގަޑި ހަަމަވުމުގެ ކުރިން މައުލޫމާތު ފޯމް ހުށަހަޅައިފައިނުވާ ފަރާތަކަށް މި ޕްރޮޖެކްޓްގައި ބައިވެރިވުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވެސް އެ އިއުލާންގައިވެ އެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ކުންފުންޏަށް މެއިލްކޮށްގެން ނުވަތަ އެ ކުންފުނީގެ ނަމްބަރު 3331230 އަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް ވެސް އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ.

މި ބިޑާ ބެހޭ މައުލޫމާތު އަދި ކުންފުނީގެ މައުލޫމާތު ފޯމް ގެޒެޓް ކޮށްފައިވާ އިޢުލާނާއެކު ޑައުންލޯންޑް ކުރެވޭ ގޮތަށް ވަނީ ހިމަނައިފަ އެވެ.

އިނގިރޭސި ބަހުން ވާ މި ލިޔުމުގައި އޮތް ގޮތުން މަހަކު 15،000ރ. އަށް ކެފޭ ކުއްޔަށް ދޭނީ ތިން އަހަރަށެވެ. ހިންގުން ރަނގަޅު ނަމަ އިތުރު ދެ އަހަރަށް އެގްރިމަންޓް އިތުރުކުރެވިދާނެ އެވެ. އަދި ފައިދާގެ ކޮންމެވެސް އަދަދެއް އައިލެންޑް އޭވިއޭޝަނަށް ދޭންޖެހެއެވެ. ދިވެހި ކުންފުންޏެއް ނަމަ ހިންގާތާ ތިން އަހަރު ވާންޖެހެއެވެ. ޕްރޮޕޯސަލް ލިޔުން ހުށަހަޅަންޖެހެނީ އިނގިރޭސި ބަހުންނެވެ.

މާފަރު އިންޓްނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނައިރު ރާއްޖޭގެ އިގުތިސާދީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ހަމައެކަނި ދިވެހި ސިފައިންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުކުރެއްވި ފަހުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ތުރުކީން ގެނެސްފައިވާ އަސްކަރީ ޑްރޯންތައް ވެސް އޮޕަރޭޓް ކުރަމުން ގެންދަނީ މާފަރު އިންޓެނޭޝަނަލް އެއާޕޯޓްގަ އެވެ.

(އިއުލާނާއި މައުލޫމާތު ފޯމް ބައްލަވައިލެއްވުމަށް)