Support Us

މަޖީދިއްޔާ ސްކޫލް ސްޓޫޑަންޓް ކައުންސިލްގެ އިންތިހާބުގައި ވާދަކުރާ ބައެއް ދަރިވަރުން ކެމްޕޭން ހަރަކާތެއްގައި -ފޮޓޯ: މަޖީދިއްޔާ/ އެފް.ބީ

އޯލެވެލް ތިން މާއްދާއިން ފާސްވާ ކުދިންނަށް ވެސް އޭލެވެލަށް ކިޔެވޭ ގޮތް ހަދައިފި

އޯލެވެލްގެ ފަސް މާއްދާއިން ފާސްވެގެން ނޫނީ ސަރުކާރު ސްކޫލުތަކުގައި އޭލެވެލަށް ނުކިޔެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށް، ތިން މާއްދާއިން ފާސްވާ ދަރިވަރުންނަށް ވެސް އޭލެވެލް އަށް ކިޔެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

މީގެ ކުރިން ސަރުކާރު ސްކޫލްތަކުގައި އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ލިބެނީ މަޖުބޫރު ހަތަރު މާއްދާ ކަމުގައިވާ އިސްލާމް، ދިވެހި، އިނގިރޭސި، ހިސާބުގެ އިތުރުން ސްޓްރީމްގެ އެއް މާއްދާއިން ފާސްވެގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އިއްޔެ ފޮނުވާފައިވާ ސާކިއުލާއެއްގައި ވަނީ ގްރޭޑް 11 އަށް ވަނުމަށް ހުށަހަޅާފައިވާ ހުރިހާ ދަރިވަރުންނަށް ސްކޫލުން ޖާގަ ދެވެން ނެތް ނަމަ، ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ކުދިންނަށް ޖާގަ އޮތް މިންވަރަކުން ފުރުސަތު ދޭންޖެހޭނެ ކަމަށެވެ. އެ ބަދަލު ގެނެސްފައިވަނީ ވީހާ ވެސް ގިނަ ކުދިންނަށް އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ދިނުމަށް ކަމަށް ވެސް އެޑިއުކޭޝަނުން ބުނެ އެވެ.

އަލަށް ކަނޑައެޅި އުސޫލުގައިވާ ގޮތުން އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ލިބޭނީ އޯލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމް އިން ދަށްވެގެން ސީ ފާސް ލިބިގެންނެވެ. އަދި ހަމަ އެ އިމްތިހާނުގައި ސައިންސް ނުވަތަ ބިޒްނަސް ސްޓްރީމަކުން ދެ މާއްދާއިން ދަށްވެގެން ސީ ފާސް ލިބި އިތުރު އެއް މާއްދާއިން ސީ ފާސް ލިބިގެންނެވެ.

އޭލެެވެލްއަށް ކިޔެވުމުގެ ފުރުސަތު ދިނުމުގައި ބަލާނީ އޭގެ ކުރީ ދެ އަހަރުގެ ނަތީޖާ އަށާއި މި އަހަރުގެ ޑިސެމްބަރު މަހަށް 18 އަހަރު ނުފުރޭ ދަރިވަރުންނަށް ކަމަށް ވެސް އެެޑިއުކޭޝަނުން ބުނެފައިވެ އެވެ.

ރާއްޖޭގައި އޭލެވެލްގައި ބައިވެރިވާ ދަރިވަރުންގެ އަަދަދު މަދުވާތީ އެކަން ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް އެޑިއުކޭޝަން ކުރިން ވަނީ ބުނެފަ އެވެ.

އެންމެ ފަހުން ބޭއްވި އޭލެވެލް އިމްތިހާނުގައި ބައިވެރިވެފައިވަނީ 3،268 ދަރިވަރުންނެވެ. އެއީ މާލޭގެ ތިން ސެންޓަރަކާއި އަތޮޅު ތެރޭގެ 42 ސެންޓަރެއް ހިމެނޭ ގޮތަށް ޖުމްލަ 45 ސެންޓަރަކުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *