Support Us

އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ތިން މިލިއަނަށް އަރަނީ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް އިންޑިއާއިން ޕޮޒިޓިވްވި މީހުންގެ އަދަދު ތިން މިލިއަނާއި ގާތަށް އަރައިފިއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 68،898 މީހުން އަލަށް ޕޮޒިޓިވްވެ، އެ ގައުމުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2.98 މިލިއަނަށް އަރައިފައެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 983 މީހުން މި ބަލީގައި މަރުވެފައިވާއިރު، ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު 56،780 އަށް އަރައިފައިވާކަމަށް އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19 އާއި ބެހޭ މައުލޫމާތު އާންމުކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާއަކީ މިހާރު ދުނިޔޭގައި ތިންވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ގައުމެވެ. ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި އިންޑިއާގައި ދުވާލެއްގެ މައްޗަށް 60،000 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުގެ ހަބަރުފަތުރާ ވަސީލަތްތަކުން ބުނެއެވެ.

އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި، އެ ގައުމުގެ ފަގީރު ހިސާބުތަކުގައި މި ބަލިން ރައްކާތެރިވުމަށް އަމަލުކުރަމުން އައި ގޮތްތައް ދޫކޮށްލައި، އެމީހުންގެ އާންމު ދިރިއުޅުމަށް ރުޖޫއަވެފައިވާތީ، އެ ގައުމުގެ ސިއްހީ މާހިރުން ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *