މަންޝާ މަނިކުގެ ނަމުގައި މީގެ 34 އަހަރު ކުރިންސުރެ މަޝްހޫރުވެފައިވާ ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކުސޭޓު)ގެ "މަންޝާ އޮންލައިން" އިން ގޭތެރެއަށް ބޭނުންވާ ގިނަ ވައްތަރުތަކެއްގެ މުދާ އިތުރުކޮށް، "ވީކެންޑް ޝޮޕިން" ސްޓައިލަށް ދީލައިލައިފިއެވެ.
"މަންޝާ އޮންލައިން" ފިހާރައަކީ މިހާރު އިތުރު ތައާރަފަކަށް ބޭނުންވާނެ ފިހާރައެއް ނޫނެވެ. އެ ފިހާރައިގެ މަގުބޫލްކަން މިހާރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައެވެ. މީހުން އުޅޭ ރަށްރަށުން ފެށިގެން ރިސޯޓުތަކުގައި ވެސް އެންމެ މަގުބޫލް އެއް ފިހާރައަކީ "މަންޝާ އޮންލައިން" އެވެ.
ގޭތެރޭގެ އާންމު ދިރިއުޅުމަށް ބޭނުންކުރާ ހުރިހައި ސާމާނެއްގެ އިތުރުން ދެ ޖިންސުގެ ޒުވާނުންނާއި ކުޑަކުދީންނަށް ބޭނުންވާ ހުރިހައި ސާމާނެއް ވެސް "މަންޝާ އޮންލައިން" އިން ލިބެއެވެ. އަދި ރިސޯޓުތަކުގެ ޝޮޕްތަކަށާއި ރަށްރަށުގެ ފިހާރަތަކަށް ބޭނުންވާ އެކި ކަހަލަ ސްވެނިއަރ ވެސް "މަންޝާ އޮންލައިން" އިން ފުޅާ ދާއިރާއެއްގައި ހޯލްސޭލްކުރެއެވެ.
"ގޭތެރެއަށް ބޭނުންވާ ވަރަށް ގިނަ ވައްތަރުތަކެއްގެ މުދާ ގެނެސް، މިހާރު މި ވަނީ "ވީކެންޑް ޝޮޕިން" ސްޓައިލަށް މިތަން ބަދަލުކޮށްލައިފައި. އަޅުގަނޑުމެންގެ އަމާޒަކީ ހުރިހައި ބާވަތެއްގެ މުދާ ހެޔޮ އަގުގައި ފޯރުކޮށްދިނުން. މުދާ ޑެލިވެރީ މާލެ، ހުޅުމާލެ އަދި ބޯޓުފަހަރަށާއި އަދި ބޭނުންވެއްޖެ ނަމަ އެއަރފްރައިޓްކޮށް ވެސް ރާއްޖޭގެ ހުރިހައި ރަށަކަށް ފޮނުވައިދޭނެ. އޯޑަރު ދޭތާ އެއް ގަޑިއިރު ތެރޭގައި ސާމާނު ޑެލިވަރކޮށްދޭނެ. އަމާޒަކީ މާލޭ އޭރިޔާ އާއި ބޯޓުފަހަރަށް ގިނަވަގެން 20 ނުވަތަ 40 މިނިޓް ތެރޭގައި ޑެލިވަރކޮށްދިނުން،" މަނިކު ސޭޓު ބުންޏެވެ.
"މަންޝާ އޮންލައިން" ފިހާރަ ހުންނަނީ ފަރީދީމަގުގައި، "އެމް.އެސް. އާރް.އާރް. ޝޮޕްސް"ގައެވެ.
"މާލެއިން ފުރައިގެން ދާން ބޭނުންވާ މީހުންނަށް ބޭނުންވާނެ ހުރިހާ އެއްޗެއް "މަންޝާ އޮންލައިން" އިން ފޯރުކޮށްދެން. އޭގެ އިތުރުން މާލެ އަންނަ ޓޫރިސްޓަކު އެނބުރި ގައުމަށް ދިއުމުގެ ކުރިން އެ މީހާއަށް ބޭނުންވާ ހުރިހައި އެއްޗެއް ވެސް މިތަނުން ލިބެން ހުންނާނެ. ނޫނިއްޔާ ރާއްޖެއިން ބޭރަށް ދިވެއްސަކު ދާން ބޭނުންވިޔަސް، ސުވެނިއަރއަކަށް ގެންދާނެ ދިވެހިވަންތަ އުފެއްދުންތައް ވެސް ހެޔޮ އަގެއްގައި، އަތްފޯރާފަށުގައި މިތަނުން ލިބޭނެ. އެހެންވީމާ ރަށުން ބޭރަށް ދާން އުޅޭ ކޮންމެ މީހަކު ވެސް މި ތަނަށް ވަދެލުމަކީ ވަރަށް މުހިންމު ކަމެއް،" މަނިކުސޭޓު ބުންޏެވެ. "މިތަނުން ވިއްކާ މުދަލުގެ ކޮލިޓީ ރަނގަޅުވެފައި އަގުތަކާ އެއްޗެތި ހެޔޮވީމާ އާންމުން މިތަން ވަރަށް ބޮޑަށް ބަލައިގެންފި. ރާއްޖޭގެ މާކެޓުން އާންމުކޮށް ލިބެން ހުންނަ ހުރިހައި އެއްޗެއް މި ތަނުން ލިބޭނެ. އަގުތައްވެސް ހަމަ އެހާ ހެޔޮވާނެ."
"ހުރިހައި ވައްތަރެއްގެ ހަނޑޫ ހުންނާނެ. ކަދުރު ހުންނާނެ. ހެނދުނުގެ ނާސްތާއަށް ބޭނުންވާނެ އޯޓްސް އާއި ކޯން ފްލޭކްސް އާއި ބިހާއި ކިރާއި ހުރިހައި ސާމާނެއް. ކުކުޅާއި ދަޅުމަހާއި ވަޅޯމަހާއި ސޮސެޖާއި ހުރިހައި ވައްތަރެއްގެ ޑްރިންކްސް އާއި ކޭކު އަޅަން ބޭނުންވާ ސާމާނު، އެކި ވައްތަރުގެ ޕާސްތާ، ނެސްކެފޭ، ބިސްކޯދު، ނޫޑްލްސް، މިހެން ގޮސް ވީކެންޑަށް ބޭނުންވާނެ ހުރިހައި އެއްޗެއް މިހާރު މިތަނުން ލިބޭނެ،" މަނިކުސޭޓު ބުންޏެވެ.
"އޭގެ އިތުރުން ދިވެހިވަންތަ ސްވެނިއަރ ހުންނާނެ. މަގާއި މުންޑާއި ޓީޝާޓް ހުންނާނެ. ކުޑަކުދީންނަށް ބޭނުންވާނެ ހުރިހައި ސާމާނެއް ހުންނާނެ. ރީތިވާ ސާމާނު ހުންނާނެ. ސެންޓު، ލޯޝަން، ބޮޑީ ސްޕްރޭ، ޝޭމްޕޫ ހުންނާނެ. ޖާޒީ އާއި ޓީޝާޓާއި ސޯޓާއި ޒުވާނުން ކުޅިވަރު ކުޅޭ ހުރިހައި ސާމާނެއް ހުންނާނެ. މެޓާ، ޗޮކްލެޓް ހުންނާނެ. އަވިއައިނާއި ގަޑި ހުންނާނެ. އެކި ކަހަލަ ނަޓްސް ހުންނާނެ. ހެލްމެޓާއި އިސްތިރި އާއި ބެޑްޝީޓާއި ކުއިލްޓާއި ގެއާއި ބަދިގެތެރޭގެ އެކި ކަންކަމަށް ބޭނުން ހުރިހައި އެއްޗެއް ހުންނާނެ. ގޮދަޑި ހުންނާނެ. އެކި ސައިޒުގެ ފޮއްޓާއި ދަބަހާއި ތޮތްޕާއި ބެކްޕެކް ހުންނާނެ. މުސައްލަ ހުންނާނެ. އެކި ކަހަލަ ހާޑްވެއާރ ވެސް ހުންނާނެ. ރައްޓެހިންނަށް ދޭނެ އެކި ކަހަލަ ހަދިޔާ ވެސް ހުންނާނެ."
މަނިކުސޭޓު ބުނީ "މަންޝާ އޮންލައިން"ގެ ހިދުމަތް ހޯދުމަށް، 7772341 ނުވަތަ 7991551 އަށް ގުޅައިލުމުން ނުވަތަ ވައިބަރ/ ވަޓްސްއަޕް މެސެޖެއް ކޮށްލިޔަސް ހުރިހައި ކަމެއް "ވަގްތުންވަގްތަށް" ހަމަޖެހޭނެ ކަމަށެވެ.
"މަންޝާ އޮންލައިން" ފިހާރައަށް އެންމެ ފަހުން ގެނައި މުދަލުގެ އާ ޝިޕްމަންޓުގެ ބައެއް ފޮޓޯތައް ތިރީގައި މިވަނީއެވެ.