Support Us

ރައީސަށް ލިބިގެންވާ ބާރުތައް އިތުރުކޮށް، ސްރީލަންކާގެ ގާނޫނުއަސީސީ އިސްލާހުކުރަނީ

ސްރީލަންކާގެ ރައީސަށް ލިބިގެންވާ ބާރުތައް އިތުރުކޮށް، ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް އެ ގައުމުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ޕާލިމަންޓް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އިއްޔެ ދެއްވި ތަގްރީރުގައި ރައީސް ގޯޓާބަޔަ ވިދާޅުވީ މިދިޔަ ދައުރުގައި ގާނޫނުއަސާސީއަށް ގެނައި 19 ވަނަ އިސްލާހުގެ ސަބަބުން ފުރިހަމަ ވެރިކަމެއް ގާއިމްކުރެވެން ނެތުމުން، ސަރުކާރުން އެންމެ އިސްކަމެއް ދޭނީ އެ އިސްލާހު އުވާލުން ކަމަށެވެ. އަދި އެއަށްފަހު ފުރިހަމަ ރިޔާސީ ނިޒާމެއް ގާއިމްކުމަށް އައު ގާނޫނުއަސާސީއެއް އެކުލަވައިލުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް ވެސް ގޯޓާބަޔަ ވިދާޅުވިއެވެ.

"ގާނޫނު އަސާސީ އިސްލާހުކުރުމަށް އަޣްލަބިއްޔަތު ދިނުމަށް އެދުމުން ރައްޔިތުން ވަނީ އެ ބާރު އަޅުގަނޑުމެންނަށް ދީފައި. އެހެންކަމުން އެންމެ އިސްކަމެއް ދޭނީ ރައްޔިތުންނަށް ވީ ވައުދު ފުއްދައި، 19 ވަނަ އިސްލާހު އުވާލަން. އަދި އެއަށްފަހު އައު ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ފަށާނީ،" ރައީސް ގޯޓާބަޔަ ވިދާޅުވިއެވެ.

ސްރީލަންކާގެ ގާނޫނުއަސާސީއަށް 1978 ވަނަ އަހަރުގެ ފަހުން 19 ބަދަލެއް ގެނެސްފައިވާއިރު، އޭގެ ސަބަބުން ބޮޑެތި އޮޅުންތަކެއް އަރާފައި ވާކަމަށް ރައީސް ގޯޓާބަޔަ ވިދާޅުވިއެވެ. އަދި މިދިޔަ ދައުރުގައި ގާނޫނުއަސާސީއަށް ގެނައި 19 ވަނަ އިސްލާހުގެ ސަބަބުން ވެރިކަންކުރުމުގައި ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމަށާއި، އެކަންކަމުގެ ސަބަބުން ލަންކާގައި ފުރިހަމަ ވެރިކަމެއް ގާއިމުކުރުމަށް ކުރައްވާ މަސައްކަތްތަކަށް ހުރަސްއެޅިފައިވާ ކަމަށެވެ.

ރައީސްގެ ބާރު ހަނިވާ ގޮތަށް ސްރީލަންކާގެ ގާނޫނުއަސާސީއަށް 19 ވަނަ އިސްލާހު ގެނެސްފައި ވަނީ ކުރީގެ ރައީސް މައިތިރިޕާލާ ސިރިސޭނާއެވެ. އެ އިސްލާހުގެ ސަބަބުން ކެބިނެޓަށް ވަޒީރުން އައްޔަނުކުރުމާއި ވަކިކުރުމުގެ އިތުރުން ފުލުހުންނާއި ޖުޑީޝަރީ، އަދި ޕަބްލިކް ސަރވިސްގެ މަގާމުތަކަށް މީހުން އައްޔަނުކުރުމުގެ ބާރު ވަނީ ރައީސަށް ގެއްލިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *