Support Us

ސޯމާލިޔާގެ ކަނޑުފޭރޭ މީހުން ރަހީނުކުރި އީރާނުގެ މަސްވެރިން ހަތަރު އަހަރު ފަހުން ދޫކޮށްލައިފި

ސޯމާލިޔާގެ ކަނޑުފޭރޭ މީހުންގެ ބަޔަކު ރަހީނުކުރި އީރާނުގެ ތިން މަސްވެރިން، ހަތަރު އަހަރު ފަހުން ދޫކޮށްލައިފި އެވެ.

ހޮސްޓޭޖް ސަޕޯޓް ޕްރޮގްރާމުގެ ކޯޑިނޭޓަރ ޖޯން ސްޓީޑަށް ހަވާލާދީ ރޮއިޓަރޒުން ބުނީ 2015 ވަނަ އަހަރު ރަހީނުކުރި އެ ތިން މީހުން ދޫކޮށްލައިފައި ވަނީ އެމީހުން ދޫކޮށްލުމަށް އެދި މަޝްވަރާ ކުރާތާ އެތައް އަހަރެއްވީ ފަހުން ކަމަށެވެ.

އީރާނުގެ އެފްވީ ސިރާޖް ނަމަކަށް ކިޔާ މަސްވެރި ދޯނި ސޯމާލިޔާގެ ކަނޑުފޭރޭ މީހުން ހިފަހައްޓާފައިވަނީ 22 މާޗް 2015 ގައެވެ. މި ދޯނިން ރަހީނުކުރި ފަޅުވެރިންގެ ތެރެއިން އެންމެ ފަހު ތިން މީހުން ދޫކޮށްލާފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ. ސްޓީޑް ވިދާޅުވި ގޮތުގައި މި ތިން މީހުން ދޫކޮށްލުމާއެކު ސޯމާލިޔާގެ ކަނޑުފޭރޭ މީހުންގެ ބާރުގެ ދަށުގައިވާ ރަހީނުންގެ ނިކަމެތި ކަމަށް ވަނީ ނިމުމެއް އައިސްފައެވެ.

މިނިވަންކުރި ތިން ފަޅުވެރިންވެސް ހިކިވެ އަނަރޫފަވެފައި ވީނަމަވެސް، ރަނގަޅަށް ކާން ނުލިބުމުގެ ސަބަބުން ދިމާވި ގޭސްޓްރިކް މައްސަލަތައް ފިޔަވައި، އިތުރު އެއްވެސް ސިއްހީ މައްސަލައެއް ނެތް ކަމަށް ސްޓީޑް ވިދާޅުވިއެވެ. އަދި އެމީހުން އީރާނަށް ފޮނަވާލުމުގެ މަސައްކަތް ފަށައި، މިހާރު މަޑުކޮށްގެން ތިބީ ކޮރޯނާ ވައިރަހަށް ޓެސްޓްކޮށް، އޭގެ ނަތީޖާ ލިބެންދެން ކަމަށް ވެސް ސްޓީޑް ވިދާޅުވިއެވެ.

ފާއިތުވި ނުވަ އަހަރު ތެރޭގައި ސޯމާލިޔާގެ ކަނޑުފޭރޭ މީހުން 2،300 ފަޅުވެރިން ރަހީނުކޮށްފައިވާއިރު، އޭގެ ތެރެއިން ގިނަ ބަޔަކަށް ވަނީ އަނިޔާކޮށް މަރާލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *