އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މައި ޖަގަހައިގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ހަރުގެ ހިންގި ތަނުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ހަރުގެ ރަސްމީކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެެއްވައިފި އެވެ.
އާޓިފިޝަލް ބީޗި ސަރަހައްދުގައި ހުންނަ މި ހަރުގެ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ހަރުގޭގައި ޕީއެންސީގެ ދިދަ ރައީސް ޑރ. މުއިއްޒު ނަންގަވައިދެއްވި އެވެ. މި ރަސްމިއްޔާތުގައި ވަޒީރުންނާއި ޕީއެންސީގެ އިސް ވެރިންނާއި ޕީއެންސީގެ މަޖިލިސް މެމްބަރުންނާއި ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގެންނަވާ ލީޑަރުންގެ އިތުރުން އާއްމުން ގިނަ އަދަދަކަށް ބައިވެރިވި އެވެ.
މި ރަސްމިއްޔާތުގައި އެ ޕާޓީއާ އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުންގެ ފޯމް ހަވާލުކުރުން ވެސް އޮތެވެ. އަދި ޕީއެންސީގެ ފަރާތުން ކުރިއަށް އޮތް މާލޭ ސިޓީ ކައުންސިލާއި ބައެއް ރަށްރަށުގެ ބައި އިލެކްޝަންސް ތަކުގައި ބައިވެރިވާ ބޭފުޅުން ތައާރަފްކުރުން ވެސް އޮތެވެ.

ޕީއެންސީގެ ހަރުގެ ހުޅުވާފައިވާ މި އިމާރާތަކީ މީގެ ކުރިން އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މައި ހަރުގޭގެ ގޮތުގައި ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ތަނެކެވެ.



advertisment