Support Us

އެކްސިޑެންޓުތަކުގައި އިންޑިއާގައި މަރުވާ މީހުންގެ އަދަދު 50 އިންސައްތަ ދަށަށް

އެކްސިޑެންޓުތަކުގައި އިންޑިއާގައި މަރުވާ މީހުންގެ އަދަދު ކޮވިޑް-19ގެ ސަބަބުން 50 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް އެޤައުމުގެ މީޑިއާތަކުން ބުނެފިއެވެ.

ސުޕްރީމް ކޯޓަށް ހަވާލާދީ އެ ޤައުމުގެ މީޑިއާތަކުން ބުނީ ކޮވިޑް-19 އާއި ގުޅިގެން އެޤައުމުގައި ލޮކްޑައުން އިއުލާންކުރި ފަހުން މަގުމަތީގެ އެކްސިޑެންޓުތަކުގައި މަރުވާ މީހުންގެ އަދަދު އެތައް ގުނައެއް ދަށްވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހާއި ޖޫން މަހާއި ދެމެދު މަގުމަތީގައި ހިނގި އެކްސިޑެންޓުތަކުގައި 41،032 މީހުން މަރުވެފައިވާއިރު، މި އަހަރު އެ މުއްދަތުގެ ތެރޭގައި މަރުވެފައި ވަނީ 20،732 މީހުންނެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 20،300 މަދު އަދަދެކެވެ.

ޖުމްލަ ގޮތެއްގައި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހާއި އަޅާބަލާއިރު މި އަހަރުގެ އެ މުއްދަތުގައި މަގުމަތީގައި ހިނގާ އެކްސިޑެންޓުތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 23،400 އަށް ވެއްޓިފައެވެ. މީގެ އިތުރުން ވެސް ލޮކްޑައުންގެ ދުވަސްވަރު އިންޑިއާގައި ހިނގާ މަގުމަތީގެ އެކްސިޑެންޓުތައް 63،000 އަށްވުރެ ބޮޑަށް މަދުވެފައިވާ ކަމަށް ވެސް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.

އިންޑިއާގައި މަގުމަތީ އެކްސިޑެންޓުތައް މި އަހަރު އެހާ ބޮޑުތަން މަދުވެފައި ވަނީ ލޮކްޑައުންގެ ސަބަބުންނާއި، މޮޓޯ ވެހިކަލް އެކްޓުގެ ދަށުން އެ ގައުމުގެ ޓްރެފިކް ގަވައިދުތަކަށް ގެނެއި ބަދަލުތަކާއި ގުޅިގެންކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *