Support Us

މާލީގެ ރައީސް އިސްތިއުފާ ދެއްވައިފި

މާލީގެ ސިފައިން ސަރުކާރާ ދެކޮޅަށް ނުކުތުމާ ގުޅިގެން އެ ޤައުމުގެ ރައީސް އިބްރާހިމް ބޫބަކުރު ކެއިޓާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މަގާމުން އިސްތިއުފާ ދެއްވިކަން ރައީސް ކެއިޓާ އިއުލާންކުރެއްވީ ރޭ ދަންވަރު ދައުލަތުގެ މީޑިއާ މެދުވެރިކޮށް ރައްޔިތުންނާއި މުހާތަބުކުރައްވަމުންނެވެ.

"ފާއިތުވި ހަތް އަހަރުތެރޭގައި މި ގައުމު ހަމައަކަށް އަޅުއްވަން މަސައްކަތްކުރީ އުފަލާއެކު. ގައުމުގައި ހިނގާ ހަމަނުޖެހުންތައް ހުއްޓުވުމަށް މިއަދު ގައުމުގެ ސިފައިންގެ ބަޔަކު ނިކުތުމުން އިސްތިއުފާ ދިނުން ނޫން އިތުރު ގޮތެއް އަޅުގަނޑަށް އެބައޮތްތޯ؟ އަޅުގަނޑު ވެރިކަމުގައި ބެހެއްޓުމަށްޓަކައި އެއްވެސް ވަރަކަށް ލޭއޮހޮރުވަން ބޭނުމެއްނުވޭ. އެހެންކަމުން އަޅުގަނޑު ވަނީ ރައީސްކަމުން އިސްތުފާ ދޭން ނިންމައިފައި،" ގައުމާ މުހާތަބުރުރައްވަމުން ކެއިޓާ ވިދާޅުވި އެވެ.

މާލީ ސިފައިން ވަނީ އިއްޔެގެ ވަގުތެއްގައި ރައީސް ކެއިޓޯއާއި ބޮޑުވަޒީރު ބޫބޫ ސީސޭ ހައްޔަރުކޮށްފައެވެ. ރައީސް ކެއިޓާ އަދި ބޮޑުވަޒީރު ސީސޭގެ އިތުރުން ސަރުކާރުގެ އެހެނިހެން މެމްބަރުން ހައްޔަރުކުރުމާއި ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިން ވަނީ އެކަމާއި ނުރުހުން ފާޅުކޮށް، އެބޭފުޅުން ދޫކޮށްލުމަށް ގޮވާލައްވައިފައެވެ. އަދި ސަރުކާރު ވައްޓާލައިފައި ވަނީ ބަޣާވާތަކުން ކަމަށް ތުހުމަތުކޮށް، އެފްރިކަން ޔޫނިއަނުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ކެއިޓާ އިސްތިޢުފާދެއްވައިފައި ވަނީ އެމަނިކުފާނުގެ ސަރުކާރާއި ދެކޮޅަށް މާލީގައި ޖޫން މަހުން ފެށިގެން ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދަނިކޮށެވެ. މުޒާހަރާކުރާ މީހުން ބުނަމުންދިޔައީ ކެއިޓާގެ ވެރިކަމުގައި އެ ގައުމުގެ އިގްތިސާދު ދަށަށް ގޮސް، ސަލާމަތީ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށެވެ. މުޒާހަރާތަކުގައި ސަރުކާރުގެ އެކި މެމްބަރުންގެ ގެތަކަށް ގެއްލުންދީ ހުޅުޖަހާފައިވެ އެވެ.

މާލީގެ ހާލަތާއިމެދު މަޝްވަރާ ކުރުމަށް އދ.ގެ ސެކިއުރިޓީ ކައުންސިލުން މިއަދުގެ ވަގުތެއްގައި ކުއްލި ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ސީއެންއެނުން ބުނެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *