Support Us

ރަފީގް ހަރީރީ އަވަހާލަކޮށްލި މައްސަލައިގައި ކުށް ސާބިތުވީ އެކަކަށް

ލުބްނާންގެ ބޮޑުވަޒީރު ރަފީގް ހަރީރީ އަވަހާލަކޮށްލި މައްސަލައިގައި ތުހުމަތު ކުރެވުނު ހަތަރު މީހުންގެ ތެރެއިން އެކެއްގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ.

މީގެ 15 އަހަރު ކުރިން ބެއިރޫތުގައި ދިން ހަމަލާގައި ހަރީރީ އަވަހާރަކޮށްލި މައްސަލައިގައި ކުށް ސާބިތުވެފައި ވަނީ ސަލީމް އައްޔާޝްގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ހަރީރީއާއި ދެކޮޅަށް ބޮމުގެ ހަމަލާއެއް ދީ އޭނާ އަވަހާރަކޮށްލުމެވެ. އައްޔާޝްގެ އިތުރުން މި މައްސަލައިގައި ދެން ތުހުމަތުކުރެވުނު މީހުންނަކީ އައްސަދް ސަބްރާ، ހަސަން ހަބީބް މެރްހީ އަދި ހަސަން އުނައިސީއެވެ.

ނެދަލެންޑްސްގެ ސްޕެޝަލް ޓްރައިބިއުނަލް ފޮރ ލެބަނާން (އެސްޓީއެލް) އިން މި މައްސަލަ ބަލައި، އައްޔާޝްގެ މައްޗަށް ކުށް ސާބިތުކޮށްފައިވާއިރު، ހިޒްބުﷲ ޖަމާއަތަށް ނިސްބަތްވާ ދެން ތިބި ތިން މީހުންނާއި ދެކޮޅަށް އެކަށީގެންވާވަރުގެ ހެކި ލިބިފައި ނެތުމުން، މި ހަމަލާގައި އެމީހުންގެ އަތެއްވާކަން ސާބިތުކުރެވިފައެއް ނުވެއެވެ. ޖުމްލަ 2600 ސަފުހާގެ ހުކުމުގެ ހުލާސާއެއް ދެއްވަމުން ފަނޑިޔާރު މިޝެލިން ބްރެއިޑީ ވިދާޅުވީ ހަމަލާގައި ބޭނުންކޮށްފައިވާ މޮބައިލް ފޯނު ގެންގުޅުނީ އައްޔާޝްކަން ސާބިތުވާ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ.

ހަރީރީގެ މަރުގެ މައްސަލައިގައި ހިޒްބުﷲ ޖަމާއަތުގެ އިސްވެރިންނާއި ސީރިޔާގެ އަތެއް ވާކަމަށް ގިނަ ބަޔަކު ތުޙުމަތުކުރި ނަމަވެސް، އެކަމުގެ އެއްވެސް ހެއްކެއް ކޯޓަށް ލިބިފައިނުވާކަމަށް އެސްޓްރީއެލްގެ ފަނޑިޔާރު ޑޭވިޑް ރީ ވިދާޅުވިއެވެ. އެސްޓީއެލް އަކީ ހިޒްބުﷲ އާއި ދެކޮޅަށް ރޭވުންތައް ރާވަން އުފެއްދި ޓްރައިބިއުނަލެއް ކަމަށް އެ ޖަމާއަތުން ވަނީ ތުހުމަތުކޮށްފައެވެ.

ހަރީރީ އަވަހާލަކޮށްލުމުން ލުބުނާނުގައި ކުރި މުޒާހަރާތަކާއި ގުޅިގެން، 40 އަހަރު ވަންދެން ލުބުނާނުގައި ހަރަކާތްތެރިވި ސީރިޔާގެ ސިފައިން ވަނީ އެ ޤައުމުން ފައިބައިފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *