Support Us

އެތައް ގަޑިއިރެއް ވަންދެން މުޅި ލަންކާ އަނދިރިކަމުގެ ތެރޭގައި

ލަންކާގެ ޕަވާރ ޕްލާންޓްއެއްގައި ދިމާވި މައްސަލައަކާ ގުޅިގެން އެ ޤައުމުގެ ހުރިހާ ހިސާބަކުން ކަރަންޓު ކެނޑިއްޖެ އެވެ.

މިނިސްޓަރ އޮފް ޕަވަރ ދުއްލަސް އަލަހަޕެރުމަ ވިދާޅުވި ގޮތުގައި ކަރަންޓު ދިޔައީ ކޮލަމްބޯ ބޭރުގައި އޮންނަ ކެރަވަލަޕިޓިޔާ ޕަވަރ ސްޓޭޝަންގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.

އެކާވީސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ މި ޤައުމުން ކަރަންޓް ގޮސްފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ. ލަންކާގެ ބައެއް ސަރަހައްދުތަކަށް ހަ ވަރަކަށް ގަޑިއިރު ފަހުން ކަރަންޓު ލިބުނުކަމުގައި ވީނަމަވެސް ކޮލަމްބޯގެ ބޮޑު ސަރަހައްދަކަށް ރޭގަނޑު ވީއިރުވެސް ކަރަންޓު ލިބިފައިނުވާ ކަމަށް އެ ޤައުމުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓުކުރި އެވެ.

ލަންކާއަށް ބޭނުންވާ ކަރަންޓްގެ ދެބައިކުޅައެއްބައި ފޯރުކޮށްދެނީ ތަރމަލް ޕަވަރއިންނެވެ. ބާކީ ބައި ފޯރުކޮށްދެނީ ވައި އަދި ހައިޑްރޯ ޕަމްޕްގެ ޒަރިއްޔާއިންނެވެ. ކެރަލަވަޕިޓިޔާއިން ޤައުމަށް ބޭނުންވާ ކަރަންޓުގެ 12 ޕަސޭންޓް ފޯރުކޮށްދޭއިރު، އެކި ސަރަހައްދުތަކުން ކަރަންޓުދިއުން އެއީ އާންމުކަމެއް ނަމަވެސް މުޅި ޤައުމުން ކަރަންޓު ދިއުން އެއީ ވަރަށް ނާދިރު ކަމެކެވެ.

މިއީ، 1996 ވަނަ އަހަރަށްފަހު މުޅި ލަންކާ އިން ކަރަންޓު ކެނޑުނު ފުރަތަމަ ފަހަރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *