Support Us

ކޮވިޑް-19އާ ގުޅިގެން ނިއުޒިލެންޑްގެ އިންތިޙާބު ފަސްކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ނިއުޒިލެންޑްގެ ޕާލިމަންޓްރީ އިންތިހާބު ފަސްކޮށްފި އެވެ.

މިކަމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖަސިންދާ އާޑަން ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބު ފަސްކުރައްވަން ނިންމެވީ މިދިޔަ ހަފްތާތެރޭގައި އެ ޤައުމުން ކޮވިޑް-19 ފެނުމާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

"ރަސްމީކޮށް ކެމްޕޭންތައް ފަށަން ގާތްވެފައިވަނިކޮށް ކޮވިޑް-19 ފެނުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ޤަބޫލުކުރެވޭ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކެމްޕޭންގެ މަސައްކަތްތައް ފެށުމުގެ ގޮތުން އިންތިހާބު ފަސްކުރަން ނިންމީ އެހެން ޕާޓީތަކުގެ ލީޑަރުންނާއި ވެސް މަޝްވަރާކޮށްފަ. އެގޮތުން މިހާރު އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ އާ ތާރީޚަކީ އޮކްޓޯބަރ 17″ ޓީވީ މެދުވެރިކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އާޑަން ވިދާޅުވި އެވެ.

ނިއުޒިލެންޑްގެ ޕާލިމަންޓްރީ އިންތިހާބު ބާއްވަން ކުރިން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 19 ގަ އެވެ. އިންތިހާބު ފަސްކޮށްފައި ވަނީ، ނިއުޒިލެންޑްގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ކެމްޕޭނަށް ބުރޫ އަރާކަމަށް ބުނެ އެ ޤައުމުގެ އިދިކޮޅު ލީޑަރުން އިންތިޙާބު ފަސްކުރުމަށް ގޮވާލައިފައި ވަނިކޮށެވެ. ނިއުޒިލެންޑްގެ ޤާނޫނު ބުނާގޮތުން ނޮވެމްބަރު 21 ގެ ކުރިން އެ ޤައުމުގެ ޕާލިމަންޓްރީ އިންތިހާބު ބާއްވަން ޖެހެއެވެ.

ނިއުޒިލެންޑްގައި ކޮވިޑް-19 ގެ އިތުރު ކޭސްތަކެއް ފެނިފައި ވަނީ އެ ޤައުމުގައި ކޮވިޑް-19 ގެ ކޭހެއް މުޖުތަމަޢުގެ ތެރެއިން ނުފެންނަތާ 100 ދުވަސް ފާހަގަކުރި ފަހުންނެވެ. ކޮވިޑް-19 އާއި ދެކޮޅަށް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅި ޤައުމުތަކުގެ ތެރޭގައި ނިއުޒިލެންޑް ހިމެނެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *