Support Us

ކުރިން ހިނގި މަގުން ދުނިޔޭގެ އިގުތިސާދު ދެން ނުހިގާނެ، އެކަމަކު…

ވަހީދުގެ އަންހެން ދަރިފުޅު ނޭޕާލްގައި ޑޮކްޓަރުކަން ކިޔަވަން ހުންނާތީ ކޮންމެ މަހަކު 300 ޑޮލަރު ފޮނުވަން ޖެހެއެވެ. ކުރިން 15.42 ލިބުނު ޑޮލަރު އިއްޔެ ލިބުނީ 19.42ރ. އަށެވެ. ވަހީދަށް މާދަމާ ޑޮލަރެއް ލިބޭނެ ކަމެއްވެސް އަދި ލިބޭނީ ކިހާވަރަކަށް ކަމެއް ޔަގީނެއް ނޫނެވެ. ހަސަނުގެ މައިދާތަ އަކީ ހަކުރު ބައްޔަށް ބޭސްކުރާ 93 އަހަރުގެ މީހެކެވެ. ހަސަނުވެސް ދިރިއުޅެނީ އަންހެނުންގެ ރަށުގައެވެ. އަންހެނުން މަންމަ ކައިރިއަށް ނުދެވިގެން ޝަކުވާ ކުރާވަރުން ބޮލަށް އުދަނގޫވާތީ ހަސަނު ބޭރުގައި އުޅެނިކޮށް ފުލުހުން މިހާރު ތިން ފަހަރު ޖޫރިމަނާކުރި ސުލިޕް ހަސަނުގެ ވޮލޭޓުގައި އެބައޮތެވެ. އަޒީޒާ ގޭގައި ކުރިން އުޅުނު ފަސް މީހުން މިހާރު ރަށަށް ދިޔަތާ ތިން މަސް ވީއެވެ. އެކަމަކު ކަރަންޓު ބިލު އެއް މަހުން އަނެއް މަހަށް ދަނީ ބޮޑުވަމުންނެވެ.

ދުނިޔެ ފުރަބަންދުވުމާ ގުޅިގެން ބައެއް މީހުން މީގެ ފަސް އަހަރު ކުރިން ހަމަޖައްސައިފައި އޮތް ހައްޖު ދަތުރު ކެންސަލްވިއެވެ. އަނެއް ބަޔަކު ފާއިތުވި އަހަރުތަކުގެ ބުރަ މަސައްކަތުން ރައްކާކުރި ފައިސާކޮޅު، ވަޒީފާ ގެއްލުމާއި ގުޅިގެން ބޭނުންކޮށް ހުސްވިއިރުވެސް ވަޒީފާއެއް މަސައްކަތެއް ލިބޭނެކަމުގެ އުންމީދެއް ނެތެވެ.

ގިނަ ދިވެހިންނަށް ކޮވިޑް19 އަކީ ވަރަށް ހިތި އަދި އެހާމެ ހިތްދަތި ތަޖުރިބާއެކެވެ. ދިވެހީންގެ ގިނަ މީހުން މިހާ ހާލުގައި އުޅުނު ކަމުގައި ވިޔަސް ރާއްޖޭގައި ވެސް ފުރޮންޓް ލައިން އެލަވަންސްތައް ލިބިނު މީހުންނާއި އޮންލައިން ވިޔަފާރިތަކުން މަންފާ ހޯދި މީހުންނަށް ހާސްކަމެއް ދިމައެއް ނުވެއެވެ. ދުނިޔޭގެ ބޮޑެތި އިންޓަނެޓާއި އޮންލައިން ވިޔަފާރިތަކަށް ކުރިން ލިބެމުންދިޔަ ފައިދާ ކޮވިޑު19 އަލަމީ ވަބާގެ ސަބަބުން އެތައް ބިލިއަން ޑޮލަރެއް ވަނީ އިތުރުވެފައެވެ. މި ސިނާޔަތްތަކުގައި މަސައްކަތްކުރާ މީހުންނަށް ވެސް މި އާލަމީ ވަބާ ވީ އިތުރަށް ތަނަވަސްކަން ހޯދައިދިން ކަމަކަށެވެ.

ކޯވިޑު19 އާ ގުޅިގެން ދުނިޔޭގެ އިގުތިސާދު ދަހަނގުވުމުން އެންމެ ބޮޑަށް އިގުތިސާދު އަޑިއަޅާލާނެ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ދިވެހިރާއްޖެއެވެ. މި ލިސްޓުން ރާއްޖެއަށް އެއްވަނަ ލިބެނީ ސީދާ ގޮތުންނާއި ނުސީދާގޮތުން ވެސް ފަތުރުވެރިކަމަށް އެކަނި ބަރޯސާވެފައި އޮތީތީއެވެ. ގިނަ ސިނަޔާތްތަކަށް އިންގިލާބީ ތަރައްގީ ހޯދައިދިން މޭސްތިރިންގެ ނަޒަރުގައި އަދި ހެންރީ ކިސިންޖަރ ފަދަ ސިޔަސީ ތަޖުރިބާކާރުންގެ ނަޒަރުގައި ވެސް ކޯވިޑު19ގެ އާލަމީ ވަބާއަށް ފަހު ކުރިން ހިނގި މަގުން ދުނިޔޭގައި އިގުތިސާދު ދެނެއް ނުހިނގާނެއެވެ.

މި އާލަމީ ވަބާއާ ގުޅިގެން ކުރިއެރުން ލިބުނު ސިނާޔަތްތަކަކީ އިންޓަނެޓާ ގުޅުން ހުރި އޮންލައިން އަދި މުއާސަލާތީ ހިދުމަތްދޭ ވިޔަފާރިތަކުގެ އިތުރުން ސިއްހީ ދާއިރާއެވެ. ހާއްސަކޮށް ވެކްސިން އުފެއްދުމާއި މި ދާއިރާއަށް ބޭނުންވާ މެޑިކަލް އަލާތްތަކަށް އޮތް ޑިމާންޑް އިންތިހާއަށް އިތުރުވުމާއި ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ދެން ވާނީ ކިހިނެއްބާއެވެ؟

އިންވެސްޓަރުން ދަތުރުކުރާ ސަމުގާގެ މިސްރާބަކީ އަބަދުވެސް ކުރިއަރަމުން އަންނަ ސިނާއަތްތަކާއި އަދި މާލީގޮތުން މަންފާ ބޮޑު ވިޔަފާރިތަކެވެ. މި އަހަރުގެ ކުރީކޮޅުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އިންޓަނެޓާއި އޮންލައިން ވިޔަފާރިތަކަށް މިހާ ބޮޑު ކުރިއެރުމެއް މި ހޯދުނީ ކޮވިޑް19ގެ އާލަމީ ވަބާގެ ސަބަބުންކަން ޔަގީނެވެ. ޔަގީން ނުކުރެވެނީ މި ޖަރާސީމަކީ ބަޔަކު ގަސްތުގައި ނެރުނު ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ވީ ގޮތެއް ކަމެއް ނުވަތަ މި ވަބާއިން މަންފާ ލިބުނު މީހުންނާ މި ކަމާއި ގުޅުމެއް އޮވެދާނެކަމުގެ ހީވުމެވެ. ކޮންމެ ސަބަބަކާއި ހުރެ ނަމަވެސް ފެންނަން އޮތް އަނެއް ހަގީގަތަކީ މި ދާއިރާތަކަށް މި ލިބުނީ މާލީ ބޮޑެތި މަންފާތަކާއި ގުޅިގެން އަދި ހާއްސަކޮށް މި ރޯގާގެ ވެކްސިނަށް އޮތް ޑިމާންޑާއި ގުޅިގެންވެސް މި ވިޔަފާރިތަކާއި އަދ މި ވިޔަފާރިތައް ނިސްބަތްވާ ގައުމުތަކުގެ މެދުގައި މި ވަނީ އިންތިހާއަށް ވާދަވެރިކަން ބޮޑުވެ މި ވިޔަފާރިތައް ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެފައެވެ.

މައިކުރޯސްފްޓް ފަދަ ކުންފުނި ތަކުން އެތައް ބިލިއަން ޑޮލަރެއް ސީދާގޮތުން ޖަރާސީމާ އެއާ ގުޅުން ހުރި ދިރާސާތައް ކުރުމަށާއި އަދި މި ފަދަ ޖަރާސީމާ ގުޅުން ހުރި ރޯގާތަކާއި ބަލިތަކަށް ވެކުސިން އުފައްދާ ތަރައްގީ ކުރުމަށް ވަނީ އިންވެސްޓު ކޮށްފައެވެ. ފޭސްބުކް އަދި ގޫގުލް ފަދަ ކުންފުނިތަކުން ވަނީ މި ދެންނެވި ސިނާޔަތްތަކަށް ނުސީދާކޮށް ވަދެ އިންވެސްޓު ކުރަން ފަށައިފައެވެ. މި ދެންނެވި ސަބަބުތަކާއި ހުރެ ކޯވިޑު19ގެ އާލަމީ ވަބާއަށް ފަހު ކުރިން ހިނގި މަގުން ދުނިޔޭގައި އިގުތިސާދު ދެން ނުހިގާނެ ކަމަށް ހެންރީ ކިސިންޖަރ ފަދަ ސިޔާސީ މާހިރުން ވިދާޅުވަނީ މި ސަބަބާއި ހުރެ ކަމަށް ވުމަކީ ވަރަށް ގާތްކަމެކެވެ.

ރާއްޖެއަކީ މަތީ ފަންތީގެ ފަތުރުވެރިންގެ މަންޒިލަކަށް ވާއިރު އަދި ކުރިން ހިނގަމުންދިޔަ މަގުން ދުނިޔޭގެ އިގުތިސާދު ނުހިނގި ނަމަވެސް ރާއްޖެއަށް މަތީ ފަންތީގެ ފަތުރުވެރިން އައުމަކަށް އަޅުގަނޑު ދެކޭ ގޮތުގައި ނިމުމެއް ނެތެވެ. މި ދެންނެވި ހާލަތުގައި މަތީ ފަންތީގެ ފަތުރުވެރިންގެ ބޮޑު މާރކެޓަކަށް ވާނީ އިންޓަރނެޓާއި އޮންލައިން ވިޔަފާރި ސިނާޔަތްތަކުގެ އިތުރުން ސިއްހީ ދާއިރާއާއި އަދި ޚާއްސަކޮށް ވެކިސިން އުފައްދާ އެ ވިޔަފާރިއާ ގުޅުން ހުރި ފަރާތްތަކެވެ. މި ދަންނަވާ ފަތުރުވެރިން ގެނައުމުން ރާއްޖެއަށް އޮތް ހަމަ އެކަނި ގޮންޖެހުންތަކަކީ އިންޓަރނެޓާއި އޮންލައިން ވިޔަފާރިތަކުގެ ހިއްސާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޔަތުގައި އިތުރުކުރުމާއި އަދި ރާއްޖޭގައި އުފައްދާ ކާބޯތަކެތި ހާއްސަކޮށް މޭވާއާއި ތަރުކާރީގެ ބާވަތްތައް އިމްޕޯޓު ކުރުމުގެ ބަދަލުގައި ރާއްޖޭގައި އުފައްދައިގެން ބޭނުން ކުރުވޭ ނިސްބަތް އިތުރުކުރުމެވެ.

ވައިރަލޮގިސްޓުންނާއި ބެކްޓީރިއޮލޮޖިސްޓުންނަށް ދިވެހި ރާއްޖޭގައި މާހައުލުން ލިބޭ ރައްކާތެރިކަމާއި އެއްވަރަށް ކާބޯތަކެތީގެ ރައްކާތެރިކަންވެސް ކަށަވަރުކޮށްދިނުމެވެ. ދުމާއި، ގެނދަބުޅިންނާއި، ޕުލާސްޓިކާއި އަދި އުކާލެވޭ ވިހަ މާއްދާތަކުން ތިމާވެށި ރައްކާ ކުރެވިގެންނެވެ. މުސްކުޅި ރުއްގަސް ހަމައެކަނި ހިމާޔަތްކުރުމުގެ ބަދަލުގައި ކާބޯތަކެތީގެ އިތުރުންވެސް އިގުތިސާދީ މަންފާ ލިބޭނެ ރުކާއި ގަސް އަލާކުރެވޭނެ ގޮތަށް ވިސްނުން ބަންޓަން ކޮށްގެނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
6
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އިގްތިސާދު މި ހަލާކުވީ ކޮވިޑު19 ގެ ސަބަބުން ނެއްނޫން މި ރާއްޖޭގެ ތިބި ވަގުންގެ ވަބާގެ ސަބަބުން،

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *