Support Us

ޓްރަމްޕްގެ ކޮއްކޯފުޅު އަވަހާރަވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްގެ ކޮއްކޯފުޅު، ރޮބަޓް ޓްރަމްޕް، އުމުރުފުޅުން 71 އަހަރުގައި އަވަހާރަވެއްޖެ އެވެ.

ރޮބަރޓް ޓްރަމްޕް އަވަހާރަވެފައި ވަނީ ނިއުޔޯކް ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ޓްރަމްޕްގެ ރޮބަޓް ޓްރަމްޕް އަވަހާރަވެފައި ވަނީ އޭނާ އެޑްމިޓުކޮށްފައިވާކަން، އަދި އޭނާއަށް ޒިޔާރަތްކުރުމަށް ރައީސް ޓްރަމްޕް ނިއުޔޯކަށް ފުރައިވަޑައިގަންނަވަން އުޅުއްވާކަން ވައިޓްހައުސުން ހާމަކުރިތާ އެއްދުވަސް ފަހުންނެވެ.

"އަޅުގަނޑުގެ ލޯބިވާ ކޮއްކޮ އަވަހާރަވިކަން ހިއްސާކުރަނީ ފުން ހިތާމައާއެކު. ރޮބަޓް އަކީ ހަމައެކަނި އަޅުގަނޑުގެ ކޮއްކޮއެއް ނޫން. އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ ވެސްމެ. ރޮބަޓް މަތިން ވަރަށް ހަނދާންވާނެ، ނަމަވެސް އަދި އަޅުގަނޑުމެން ބައްދަލުވާނެ. އަޅުގަނޑުގެ ހިތުގައި ކޮއްކޮގެ ހަނދާންތައް އަބަދުވެސް ދެމިހުންނާނެ،" ކޮއްކޯފުޅު އަވަހާރަވުމާއި ގުޅިގެން ޓްރަމްޕް ނެރުއްވި ބަޔާނުގައިވެ އެވެ.

ރޮބަރޓް އަވަހާރަވީ ކޮން ސަބަބަކާއި ހުރެކަމެއް ހާމަކޮށްފައިނުވި ނަމަވެސް އޭނާ ބަލިކޮށް އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. ރޮބަރޓް ޓްރަމްޕް އެންމެ ފަހުން ޚަބަރުތަކުގެ ސުރުޙީއަށް އަރައިފައި ވަނީ މޭރީ ޓްރަމްޕާއި ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ. މޭރީ ޓްރަމްޕަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބޭބޭފުޅު ފްރެޑް ޓްރަމްޕް ޖޫނިއަރގެ ދަރިކަނބަލެކެވެ. ޓްރަމްޕް އާއިލާއިން އޭނާއާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައި ވަނީ އެ އާއިލާގެ ޒާތީ މަޢުލޫމާތު ހިމެނޭ ފޮތެއް ޝާޢިޢުކުރުމަށް މަސައްކަތް ކުރުމުންކަމަށް ބުނެ އެވެ.

ޓްރަމްޕް އޮގަނައިޒޭޝަންގެ އިސް މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ރޮބަރޓް އަކީ ޓްރަމްޕްގެ ހަޔާތްޕުޅުގައި ވަރަށް މުޙިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށް ވައިޓްހައުސްގެ ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *