Support Us

އެވްޑީވްކާ ސަހަރަށް ފަހު ރޫސީ ސިފައިން ޒަބަރޯޖިޔާ ސަރަޙައްދަށް މިސްރާބު ޖަހައިފި

ޔުކްރޭންގެ ދެކުނު ސަރަޙައްދެއް ކަމުގައިވާ ޒަބަރޯޖިޔާގެ ރޮބޮޓީނީ ސަހަރަށް ރޫސީ ސިފައިން ބޮޑުބަޑީގެ ވަރުގަދަ ޙަމަލާތަކެއް ދޭން މިއަދު ފަށައިފި ކަމަށް ޔުކްރޭންގެ ޢަސްކަރިއްޔާއިން ބުނެފިއެވެ.

ޒަބަރޯޖިޔާ ސަރަޙައްދަކީ ޔުކްރޭނުން މިދިޔަ ހޫނު މޫސުމުގައި ފެށި އިދިކޮޅު ޙަމަލާގައި ރޫސީން އަތުން މިނިވަންކުރި ސަރަޙައްދެކެވެ. މި ސަރަޙައްދުގެ ޢަސްކަރީ ތަރްޖަމާނު ޑިމިޓްރޯ ލިޚްވީ ވިދާޅުވިއެވެ. "ދުޝްމަނުންގެ ބާރުތަކުން ވަނީ ޔުކްރޭންގެ ދިފާޢީ މަރްކަޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ."

އޭނާ ވިދާޅުވިގޮތުގައި "ޙާލަތު ދަނީ ބަދަލުވަމުންނެވެ. އެހެނަސް ޔުކްރޭން ސިފައިން ދަނީ ރޫސީންގެ ޙަމަލާތައް ދިފާޢުކުރަމުންނެވެ. ރޫސީ ސިފައިންގެ ޢާޓިލަރީ ހަތިޔާރުތަކާއި ވައިގެ ބާރުތައް ވަރަށް ބޮޑަށް އެބަ ޙަރަކާތްތެރިވެއެވެ."

އަނެއްކޮޅުން ޔުކްރޭން ސިފައިންނާ ގާތް ޗެނެލެއް ކަމުގައި ޑިޕެސްޓައިޓް ޔުކްރޭން ސިފައިންގެ ޓެލެގްރާމަކާ ޙަވާލާދީ ބުނިގޮތގައި ރޮބޮޓިނީ ސަހަރާ ހައެއްކަ ކީލޯމީޓަރު ދުރުގައި ތިބި ޔުކްރޭން ސިފައިންގެ ސަފުތައް ފޫއަޅުވައިލައިފައެވެ. ރޮބޮޓިނީގެ ދެކުނު ރަށްބޭރުގައި ރޫސީ ސިފައިން މިހާރު ވަނީ ފައިހަރުކޮށްލައިފައެވެ.

ޢަސްކަރީ ތަރްޖަމާން ޑިމިޓްރޯ ލިޚްވިނީ ވިދާޅުވިއެވެ. "ރޫސީ ސިފައިން އެވްޑީވްކާ ހިފުމަށްފަހު މިހާރު ދަނީ ސިފައިންގެ ފައުޖުތައް އެހެން ދިމަދިމާއަށް ފަތުރައިލަމުންނެވެ."

ރޫސީ ސިފައިން މިއަދު ވަނީ އެވްޑީވްކާގައި ހުރި ބޯޓުދެލީގެ ކާރުޚަނާ ވެސް ހިފައިފައެވެ. މިއީ ޔޫރަޕްގައި ހުރި އެންމެ ބޮޑު ބޯޓުދެލި ކާރުޚާނާއެވެ. ޔުކްރޭން ސިފައިންގެ ތެރެއިން ރައްކައުތެރިކަން ހޯދަން މި ކަރުޚާނާ ތެރެއަށް ވަން ސިފައިން މިއަދު ވަނީ އަމާން ވެސް ދީފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *