...

Support Us

އަޤްޞާ މިސްކިތަށް ދިޔުން ތާށިކުރުމަށް އިސްރާއީލުން ނިންމިނިންމުން ފަލަސްޠީނުން ކުށްވެރިކޮށްފި

ރަމަޟާން މަހު އަޤްޞާ މިސްކިތަށް ވަދެވޭ މީހުންގެ ޢަދަދު މަދުކުރުމަށް އިސްރާއީލު ސަރުކާރުން ކަނޑައެޅުމުން ޙަމާސުން އެކަން ކުށްވެރިކޮށް އެއީ އިސްރާއީލުގެ ޖަރީމާތައް އިތުރުކޮށް ފުޅައުކުރުމެއް ކަމަށް ބުނެފިއެވެ. 

ސާޅީސްއަށެއްގެ ފަލަސްޠީނު ބިމުގެ ޙަރަކާތްތަކުގެ މިނިވަންކަމާބެހޭ ކޮމެޓީގެ ރައީސް އައްޝައިޚު ކަމާލުލް ޚަޠީބުވެސް މި ޢަމަލު ކުށްވެރިކުރައްވައި އެއީ "ދީނީ ހަނގުރާމައެއް ފެށުމުގެ ޑަނޑޫރާ ޖެހުން ކަމަށް" ސިފަކުރެއްވިއެވެ. ފަލަސްޠީނުގެ ޑިމޮކްރެޓިކް  ފްރޮންޓުން ސިފަކުރިގޮތުގައި އިސްރާއީލުގެ މި ޤަރާރަކީ "އެހެން މައިދާންތައް ރޯކުރުމެވެ." 

އޭނާ ވިދާޅުވި ގޮތުގައި މިއީ ދީނީ ހަނގުރާމައިގެ ދޮރު ތަންމިނަށް ހުޅުވައިލުމެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ "ސޭކު ނިންމުމެކެވެ. އެމީހުން އެ ދަނީ އަލިފާންގަނޑަށް ތެޔޮ އޮއްސަމުންނެވެ." 

ޙަމާސް ބުނިގޮތުގައި އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އީތުމާރު ބިން ޣަފީރުގެ  ހުށައެޅުމަށް އިޖާބަދީ ބޮޑުވަޒީރު ނަތަންޔާހޫ ރަމަޟާން މަހު އަޅުކަންކުރުމަށް އަޤްޞާ މިސްކިތަށް އަންނަ މީހުން މަދުކުރުމަށާއި އިރުމަތީ ޤުދުސަށް ވަދެވޭ މީހުން ތާށިކުރުމަށް ނިންމިނިންމުމަކީ އިސްރާއީލުން ހިންގާ ޖަރީމާތައް އިތުރަށް ފުޅައުކުރުމެކެވެ. ޙަމާސް ބުނިގޮތުގައި މިއީ އަޤްޞާ މިސްކިތުގައި އަޅުކަންކުރުމުގެ މިނިވަންކަމާ އަރާރުންވާ ކަމެކެވެ. އަދި މި ޢަމަލަކީ ރަމަޟާން މަހާ ދިމާކޮށް އަޤްޞާ މިސްކިތުގެ ޙުރްމަތް ކަނޑައިލުމެކެވެ.

އިސްރާއީލުގެ ރަސްމީ ރޭޑިއޯ އިސްރާއީލުގެ ދާޚީލީ އަމްނާބެހޭ އިދާރާ ޝަބާކާ ޙަވާލާދީ ބުނިގޮތުގައި ސަރުކާރުގެ މި ޤަރާރުގެ ސަބަބުން ވަރަށް ބޮޑު ހަލަބޮލިކަމެއް އަންނާނެއެވެ.

ޝަބާކު ބުނިގޮތުގައި ޤުދުސް ސަހަރާއި 48ގެ ފަލަސްޠީނުގެ ބިން ހަލަބޮލިވުމަކީ ހުޅަނގު އައްސޭރި ހަލަބޮލިވުމަށްވުރެ މާ ނުރައްކާތެރިކަމެކެވެ. 

ޣައްޒާ ހަނގުރާމަ ފެށުނު ފަހުން އަޤްޞާ މިސްކިތަށް ނަމާދާށްދާ މީހުން ޚާއްޞަކޮށް ހުކުރުނަމާދަށް ދާ ފަލަސްޠީނު މީހުންގެ ޢަދަދު ދަނީ މަދުކޮށްފައެވެ.

ޤުދްސާއި ހުޅަނގުއައްސޭރީގެ ރައްޔިތުން އިސްރާއީލުގެ މި ޤަރާރާ ދެކޮޅުހެދުމަށް ޙަމާސުން ގޮވައިލިއެވެ. އަދި އަޤްޞާ މިސްކިތަށް ދިޔުމަށް ޓަކައި ކަމަރު ބަނުމަށާއި ޖިހާދަށް ތައްޔާރުވުމަށް ޙަމާސުން ގޮވައިލިއެވެ.  

ޙަމާސުން އިންޒާރުކުރިގޮތުގައި އަޤްޞާ މިސްކިތުގެ ޙުރްމަތްކެނޑުމާއި އެ މިސްކިތުގައި އަޅުކަންކުރުމުގެ  މިނިވަންކަމަށް އަރައިގަތުމަކީ އެކަމަށް އިސްރާއީލު ޒިންމާވާން ޖެހޭނެކަމެކެވެ. ޙަމާސް ބުނިގޮތުގައި އުންމަތުގެ ސަމުގާއަކީ އަޤްޞާ މިސްކިތެވެ.

މި ދިޔަ ހުކުރު ދުވަހު އަޤްޞާ މިސްކިތަށް 25 ހާސް މީހުން ނަމާދަށް ދިޔައެވެ. މިއީ ކުރިއާ އަޅާބަލާއިރު ވަރަށް މަދު ޢަދަދެކެވެ.   

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.