Support Us

ޣައްޒާ ހަނގުރާމަ ލާއިންސާނީ ކަމަށް ބުނެ އިސްރާއީލު ކުށްވެރިކޮށްފި

އިތިޔޯޕިޔާގެ ވެރިރަށް އެޑިސްއަބާބާގައި ނިމިގެންދިޔަ އެފްރިކާ ސަމިޓުން ނެރުނު ސަމިޓް ނިންމާ ބަޔާނުގައި ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ބައިނަލް އަޤްވާމީ ޤާނޫނާ ޚިލާފު ޖަރީމާތައް، ބައިނަލް އަޤްވާމީ މިނިވަން މުސްތަޤިއްލު ތަޙްޤީޤަކުން ބެލުމަށް ގޮވައިލައިފިއެވެ.

މި ބަޔާން ބުނާގޮތުގައި ޣައްޒާގައި  އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި، މަނާ ހަތިޔާރު ބޭނުންކޮށްގެން ހަސްފަތާލުތަކަށާއި ޚަބަރުފަތުރާ މުއައްސަސާތަކަށް ޙަމަލާތައް ވަނީ ދީފައެވެ. ޣައްޒާގައި ދާއިމީ ގޮތަކަށް ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލާ ބައިނަލްއަޤްވާމީ ގޮވައިލުންތަކަށް އިޖާބަދިނުމަށާއި ބައިނަލް އަޤްވާމީ އިންސާފު ކޯޓުގެ ޤަރާރުތަކަށް ބޯލެނބުމަށާއި ޣައްޒާގެ ޙިޞާރު ނައްތައިލުމަށާއި ޣައްޒާގައި ހިންގަމުންދާ ނަސްލުހޭދުގެ ޢަމަލުތައް ހުއްޓައިލުމަށް ސަމިޓުން އިސްރާއީލަށް ގޮވައިލިއެވެ.

އިސްރާއީލުން މަދަނީންނާ ދެކޮޅަށް ހިސާބަށްވުރެ ބާރުގަދަ ހަތިޔާރު ބޭނުންކުރާތީއާއި ގަދަބާރުން ޣައްޒާގެ ރައްޔިތުން ސީނާއަށް ހިޖުރަކުރުވަން މަސައްކަތްތައް ކުރަމުންދާތީ މި ސަމިޓުން އިސްރާއީލުން ކުށްވެރި ކުރިއެވެ.  

ހޮނިހިރު ދުވަހު ފެށި ދެ ދުވަހުގެ އެފްރިކާ ސަމިޓަކީ 37 ވަނަ ސަމިޓެވެ. އެފްރިކާ އިއްތިޙާދުގެ ކަމިޝްނަރު ޖެނެރަލް މޫސާ ފިއްކީ  އިފްތިތާޙީ ޖަލްސާގައި ވިދާޅުވިގޮތުގައި ބައިނަލްއަޤްވާމީ ކޯޓުގެ ނިންމުންތަކަކީ ފަލަސްޠީނު މަސްއަލައަށް ތާއީދުކުރާ ޤައުމުތަކަށާއި ޖަމާޢަތްތަކަށް ލިބުނު ނަޞްރެކެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *