Support Us

ތުރްކީއަށް އެފް-16ގެ މަތިންދާބޯޓު ވިއްކުމަށް ކޮންގްރެސް އެއްބަސްވެއްޖެ

ތުރްކީއަށް އެފް 16ގެ ހަނގުރާމަމަތީ މަތިންދާބޯޓު ވިއްކުމަށް ކޮންގްރެސްއިން އެއްބަސްވެއްޖެއެވެ.

ތުރްކީގައި ހުންނަވާ އެމެރިކާ ސަފީރު މި ކަން އިޢުލާންކުރެއްވީ އޭނާގެ އެކްސް މަންސައިގައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ކޮންގްރެސްއިން ތުރްކީއަށް އެފް16 މަރުކާގެ 40 މަތިންދާބޯޓު ވިއްކުމަށް އެއްބަސްވި އެއްބަސްވުމަކީ ވަރަށް ބޮޑު ކުރިއެރުމެކެވެ.

އެމެރިކާ ސަރުކާރުން މިކަމަށް އެއްބަސްވީ މި ހުސްވި ޖަނަވަރީ މަހުގެ 26 ވަނަ ދުވަހުއެވެ. މިއީ 23 ބިލިއަން ޑޮލަރުގެ ވިޔަފާރިއެކެވެ. އެމެރިކާގެ ކޮންގްރެސް އިން މި މުޢާމަލާތަށް އެއްބަސްވީ ނޭޓޯއަށް ސްވިޑްން ވެއްދުމަށް ތުރްކީން ރުހުން ދިންތާ ތިން ދުވަސް ފަހުންނެވެ. ހަމަ އެ ދުވަހު އެމެރިކާ ސަރުކާރުން  ތުރްކީގެ އެދުން ވަނީ ކޮންގްރެސްއަށް ފޮނުވައިފައެވެ. 

އެމެރިކާގެ އިސް މަސްއޫލުވެރިއަކު ހާމަކުރެއްވި ގޮތުގައި އެމެރިކާއިން ތުރްކީއަށް އެފް 16 ގެ މަތިންދާބޯޓު ވިއްކަން އެއްބަސްވީ ސްވިޑްން ނޭޓޯއަށް ވަނުމާ ބެހޭ ހުރިހާ ލިޔެކިޔުންތަކެއް ތުރްކީން  ތަޞްދީޤުކުރުމުންނެވެ. 

 އެމެރިކާއިން ތުރްކީއަށް އެފް 16 ގެ މަތިންދާބޯޓު ވިއްކާ މަތިން މެނުވީ ސްވިޑްނަށް ނޭޓޯއަށް ނުވަދެވޭނެ ކަމަށް ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ ސްވިޑްންގެ އެދުމަށް އިޖާބަނުދެއްވާ ވިއްސަކަށް މަސް ވަންދެން ހިފަހައްޓަވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *