Support Us

އިރުމަތީ ޔުކްރޭންގެ އިވްޑީވްކާއަށް ރޫސީ ފައުޖުތައް އަރައިފި

ރޫސީ ސިފައިން އެތައް މަހެއް ވަންދެން ޙިޞާރުކޮށްފައި އޮތް ޔުކްރޭނުގެ އިރުމަތީ ސަހަރެއް ކަމުގައިވާ  އިވްޑީވްކާއަށް ރޫސީ ސިފައިންގެ ފައުޖުތައް މިއަދު އަރަން ފަށައިފިއެވެ.

އެ ސަހަރުގެ މޭޔަރު ވިޓާލީ ބަރަބާޚު ޓީވީ މެދުވެރިކުރައްވާ އިޢުލާންކުރެއްވިއެވެ. "ދުޝްމަނުން ހުރިހާ ފަރާތަކުން ދަނީ އަހުރެމެންނަށް ފިއްތަމުންނެވެ. އަހުރެމެންގެ ސަހަރުގެ އެއްވެސް ފަރާތެއްގައި އަމާން ތަންކޮޅެއް މިހާރަކު ނެތެވެ.  އެމީހުން ޙަމަލާ ދެމުންދަނީ ވަރަށް ގިނަ ފައުޖުތަކަކުންނެވެ." 

ބަރަބާޚު ސިފަކުރެއްވިގޮތުގައި ހަނގުރާމަ "ވަރަށް ގަދަ" އެވެ. އޭނާ އިތުރަށް ވިދާޅުވިއެވެ. "އަހުރެމެންނަށް ހިފަހައްޓައިލެވޭވަރަށް ވުރެ ބުރައެވެ. ބައެއް ނާރެސްތަކުގައި ހަނގުރާމައެއްނެތި ދުޝްމަނުން ވަދެގެން އެބަ އާދެއެވެ."

އޭނާ ހާމަކުރެއްވި ގޮތުގައި ހަނގުރާމައިގެ ކުރިން 33 ހާސް މީހުންގެ އާބާދީއެއް އޮތް ރަށުގައި މިހާރު ތިބީ އެންމެ 935 މީހުންނެވެ. 

ބައެއް ރިޕޯޓުތައް ބުނާގޮތުގައި ރޫސީ ސިފައިން ކުރިއަރަމުން އަންނަނީ ސަހަރުގެ އުތުރު ފަރާތުންނާއި އިރުމަތީ ފަރާތުންނެވެ. މީގެ އިތުރަށް ޑޮނެޓްސްކް ސަހަރާ ވީ ފަރާތުން ވެސް ރޫސީ ސިފައިން ކުރިއަރަމުން އެބަދެއެވެ. ފްރާންސް ޕްރެސް ބުނާގޮތުގައި ޔުކްރޭން ސިފައިން ދަނީ ފަހަތަށް ޖެހެމުންނެވެ. އެމީހުންނަށް ލިބިފައި އޮތީ އެންމެ މަގެކެވެ. މި މަގުވެސް އޮތީ ރޫސީ ސިފައިންގެ ބޮޑުބަޑީގެ އަމާޒުތައް ފޯރާ ހިސާބުގައެވެ.

ރިޕޯޓުތައް ބުނާގޮތުގައި ރޫސީ ސިފައިން ސަހަރަށް ވަނީ މީހުން އުޅޭ ހިސާބުތަކުން ލައިފައެވެ. ރޫސީ ސިފައިން މިހާރު ވަނީ ރޭލްވޭ އިސްޓޭޝަނާ ހަމައަށް ވާޞިލުވެފައެވެ. އެ ސަހަރުގެ ދެކުނުގައި ހުންނަ ބޯޓުދެލި ކާރުޚާނާއާ ދުރަށް ޔުކްރޭން ސިފައިން ވަނީ ޖައްސައިފައެވެ. މިހާރު ހަނގުރާމަ ވަނީ ހޫނު މޫސުމުގެ ޖިފުޓިތަކާ ހަމައަށް ވާޞިލުވެފައެވެ. 

ޔުކްރޭން ސިފައިން ފައިބަމުން ދަނީ ސަހަރުގެ ހުޅަނގު ފަރާތުންނެވެ. މި ސަހަރުގެ ދެކުނަށް ބަލާއިރު ރޫސީ ސިފައިން ވަނީ 218 ނަންބަރު ފަރުބަދަ ހިފައިފައެވެ. އަދި އެ ރަށުގެ ނުވަ ވަނަ ގޮޅި އޮތީ ނުރައްކަލަށް ހުށައެޅިފައެވެ. ޔުކްރޭން ސިފައިންގެ  މައިމަރްކަޒު ހުންނަނީ މި ހިސާބުގައެވެ.

އެވްޑީވްކާ ސަހަރު ރޫސީންނަށް ލިބުމަކީ ވަރަށް މުހިއްމު ނަޞްރެކެވެ. ޚާއްޞަކޮށް ރޫސީ ހަނގުރާމައަށް ދެ އަހަރު ފުރޭ ދުވަސްވަރަށާއި ރައީސް ޕޫޓިންގެ ރިޔާސީ ޙަމަލާގެ ދުވަސްވަރަށް ބަލާއިރު މިއީ ވަރަށް ފާހަގަކޮށްލެވޭނެ ކާމިޔާބީއެކެވެ. ރަޝިޔާއިން ދަޢުވާކުރާގޮތުގައި އެއީ ރަޝިޔާ އިއްތިޙާދުގެ ބައެކެވެ. 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *