Support Us

ޣައްޒާ ހަނގުރާމަ ހުއްޓައިލުމުގެ ފެހިއަލި ނަތަންޔާހޫ ދީފި

ޙަމާސާ އެކު އިސްރާއީލުން ހަދާ ޑީލެއްގެ ދަށުން މި ޑީލުގެ ތަފާތު ފިޔަވަހިތަކުގެ އިންތިޤާލީ މަރްޙަލާތަކުގައި ޣައްޒާ ހަނގުރާމަ ހުއްޓައިލުމުގެ ފެހިއަލި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ދީފިކަމަށް އިސްރާއިލު ރަސްމީ ރޭޑިއޯ ބުނެފިއެވެ. ނަތަންޔާހޫ މި އަލި ދިނީ ހަނގުރާމައިގެ ކެބިނެޓާ މަޝްވަރާނުކޮށް ކަމަށް ވެސް  މި ރޭޑިއޯއިން ބުންޏެވެ. 

 މި ރޭޑިއޯ ބުންޏެވެ. "އެއް ފިޔަވަހިން އަނެއް ފިޔަވައްސަށް އިންތިޤާލުވާއިރު ހަނގުރާމަ ހުއްޓައިލައިފާ ބޭއްވުމަށް ޤަޠަރުން އެދެއެވެ."

މި ރޭޑިއޯ ބުނިގޮތުގައި މަރްޙަލާތަކުގެ މެދުގައި އޮންނަ އިންތިޤާލީ މުއްދަތުގައި އޮންނާނީ ހަފުތާއެއްހާ ދުވަސް ކަމަށް ފެނެއެވެ. 

މި ރޭޑިއޯ ބުނާގޮތުގައި މި ހުސްވި މަހު ޕެރިހުގައި ކަމާބެހޭ ޤައުމުތަކުގެ ޖާސޫސީ އިދާރާތަކުގެ ވެރިންގެ ބައްދަލުވުމަށް ޤަޠަރުން ހުށައެޅި މި އެދުމަށް އިސްރާއީލުގެ ބޮޑުވަޒީރު އެއްބަސްވީ ކެބިނެޓާ މަޝްވަރާ ނުކޮށެވެ. މި ކަމާބެހޭގޮތުން ނަތަންޔާހޫ އޭނާގެ ކެބިނެޓާ އަދާހަމައެއް ނުކުރެއެވެ. ނަތަންޔާހޫގެ އޮފީހުން ބުނާގޮތުގައި ނަތަންޔާހޫ ދިޔައީ މޯސާދުގެ ރައީސާ ދާއިމީ ސިފައެއްގައި ގުޅަމުން އިރްޝާދު ދެމުންނެވެ. 

 މި ހުސްވި ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު ޕެރިހުގައި ބޭއްވުނު ބައްދަލުވުމުގައި ބައިވެރިވެފައިވަނީ އެމެރިކާއާއި އިސްރާއީލާއި ޤަޠަރާއި މިޞްރެވެ. މި ޤައުމުތަކުން  މަޝްވަރާކޮށްފައި ވަނީ ތިން ފިޔަވައްސެއްގެ ތެރޭގައި ހަނގުރާމަހުއްޓުމާއި އަސީރުން ބަދަލުކުރުމާބެހޭ ޑީލަކާމެދުއެވެ.

އިއްޔެ ޙަމާސުން ބުނިގޮތުގައި ހަނގުރާމަ ހުއްޓުމާއި އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ގިއުގަނޑާމެދު ޙަމާސުގެ ރައްދު މިޞްރާއި ޤަޠަރާ ޙަވާލުކުރެވިއްޖެއެވެ. 

ޤަޠަރުގެ ޚާރިޖީ ވަޒީރު މުޙައްމަދު ބިން ޢަބްދުއްރަޙްމާން އާލު ސާނީ އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިކެނާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް ވިދާޅުވިގޮތުގައި ޙަމާސުގެ ރައްދު ވަނީ ދައުޙާއަށް ލިބިފައެވެ.

އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރްޖަމާން ޖޯން ކަރބީ ވިދާޅުވިގޮތުގައި ދިގު މުއްދަތަކަށް ހަނގުރާމަ ހުއްޓައިލުމާ ބެހޭ ހުށައެޅުމެއް ވަނީ މޭޒުމައްޗަށް އައިސްފައެވެ. އެ ކަން އަދި އޮތީ މަޝްވަރާގެ ފިޔަވަހީގައެވެ.  

އިސްރާއީލުން ބުނާގޮތުގައި ޙަމާސުން ހިފަހައްޓައިފައި ތިބި އިސްރާއީލު މީހުންގެ ޢަދަދަކީ 136 އެވެ. އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ  މީހުންގެ ޢަދަދަކީ 8,800 އެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *