Support Us

ޢިރާޤަށާއި ސޫރިޔާއަށް ބައިޑެން ޙަމަލާ ދެއްވީ އިންތިޚާބަށްޓަކައި: ރަޝިޔާ

 ޢިރާޤަށާއި ސޫރިޔާއަށް ރައީސް ބައިޑެން އިއްޔެ ޙަމަލާދެއްވީ ރިޔާސީ އިންތިޚާބަށް ޓަކައި ކަމަށް އދ.ގައި ހުންނަވާ ރޫސީ ސަފީރު ވެސިލީ ނެބެންޒިޔާ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ އުރްދުންގައި އޮންނަ އެމެރިކާގެ ޢަސްކަރީ ބޭހުގައި ތިބި ސިފައިންގެ ތެރެއިން އެމެރިކާ ސިފައިންގެ ތިން މީހަކު މި ދިޔަ ހުކުރު ދުވަހު މަރައިލައިގެން އެމެރިކާއިން ދިން ރައްދެއް ނޫނެވެ. 

އެމެރިކާ ބުނާގޮތުގައި މިއީ އީރާނުގެ އިންޤިލާބީ ފާރަވެރިންނާ ގުޅިފައިވާ ޢިރާޤާއި ސޫރިޔާގެ ހަނގުރާމަވެރި ޖަމާޢަތްތަކުން ދިން ޙަމަލާއެކެވެ. އެމެރިކާގެ ޙަމަލާގައި މި ޖަމާޢަތްތަކުގެ އެތައް ލަނޑުދަނޑިތަކަކަށް ވަނީ އަމާޒުކޮށްފައެވެ.  

ރޫސީ ސަފީރު ނެބެންޒިޔާ ސަލާމަތީ މަޖިލީހުގައި ވާހަކަފުޚު ދައްކަވަމުން ވިދާޅުވިގޮތުގައި މިއީ އެމެރިކާގެ ދާޚިލީ ސިޔާސަތުގެ މަސްރަޙަށް ނުފޫޒު ފޯރުވަންވެގެން ކުރި ބާރު ދެއްކުމުގެ މަސައްކަތެކެވެ. މިއީ ބައިނަލް އަޤްވާމީ މައިދާނުގައި އެމެރިކާ ސަރުކާރުގެ ސިޔާސަތާ ބޮޑު ކާރިސާއަކާ ކުރިމަތިވެފައިވާތީ  އެމެރިކާގެ މަންޒަރު ރީތިކޮށް ނަލަކޮށްލުމަށް ކުރި މަސައްކަތެކެވެ. 

ނެބެންޒިޔާ ގެ ވާހަކަފުޅުގައި ފާހަގަކުރެއްވިގޮތުގައި އެމެރިކާއިން  މި ދިން ޙަމަލާއަކީ މިނިވަން މުސްތަޤިއްލު ދެ ޤައުމަކަށް ދިން ޢުދްވާނެކެވެ. މިއީ އެމެރިކާއިން މެދުއިރުމަތި ފުނޑައިލުމަށް ޓަކައި ގެންގުޅޭ ސިޔާސަތުގެ ދަށުން ދިން ޙަމަލާތަކެކެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ ޢިރާޤާއި ސޫރިޔާގެ ސިޔާދަތަށް އަރައިގަތުމެކެވެ. އެމެރިކާއިން މަސައްކަތް ކުރަމުން މި ދަނީ މެދުއިރުމަތީގެ އަރާރުން އިތުރަށް ފުޅައުކުރަމުންނެވެ. އެމެރިކާގެ މި ޢުދްވާނުގެ ސަބަބުން ޢާންމުންގެ އެތައް ބަޔަކު ވަނީ މަރުވެފައެވެ. ޢާންމުން ދިރިއުޅޭ އެތައް ޢިމާރާތްތަކެއް ވަނީ ހަލާކުވެފައެވެ.

ރޫސީ ސަފީރަށް ރައްދު ދެއްވަމުން އެމެރިކާގެ ސަފީރުގެ ނައިބު ރޮބަރޓް ވުޑް ވިދާޅުވިގޮތުގައި އެމެރިކާއިން މި ދިން ޙަމަލާތަކަކީ އދ.ގެ ޗާޓަރުގެ 51ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ނަފްސުގެ ދިފާޢުގައި ދިން ޙަމަލާތަކެކެވެ. އޭނާ ވިދާޅުވި ގޮތުގައި މެދުއިރުމަތި އިތުރަށް ހޫނުކުރުމުގެ އެދުމެއް އެމެރިކާގެ ކިބައަކު ނެތެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ޙޫސީންނާ ދެކޮޅަށް އެމެރިކާއާއި އިނގިރޭސިވިލާތް ގުޅިގެން ދެމުންދާ ޙަމަލާތަކާ މިކަމާ ގުޅުމެއް ނެތެވެ.

އދ.ގައި ހުންނަވާ އީރާނުގެ ސަފީރު އަމީރު ސަޢީދު އީރްވާނީ އެމެރިކާގެ މި ޢުދްވާން ކުށްވެރިކުރައްވަމުން އެއީ "އެއްވެސް ބަހަނާއެއް ނެތް ޣައިރު ޤާނޫނީ ޢަމަލެއް" ކަމަށް ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ސޫރިޔާއާއި ސޫރިޔާގެ ހަނގުރާމަވެރިން ޢަމަލުތައް އީރާނަށް ފޫޅުކެނޑުމަކީ އެއްވެސް އަސާސެއް، ބިންގަލެއް ނެތް ކަމެކެވެ. އެއީ ހަޤީޤަތް އޮޅުވައިލުމަށް ކުރާ މަސައްކަތެކެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *