...

Support Us

ރައީސް ނާޞިރުގެ އެންމެ ފަހު ރިޔާސީ ބަޔާން ކުރުކޮށް

ތިރީގައި މި ވަނީ ދިވެހިރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު ބާނީ އަލްމަރުހޫމް ރައީސް އިބްރާހިމް ނާޞިރު، ނޣޢވގެ އެންމެ ފަހު ރިޔާސީ ބަޔާނުގެ އުސްއަލިތަކެވެ. އެ މަނިކުފާނު މި ބަޔާން ދެއްވީ 23 ފެބުރުވަރީ 1978 ގައެވެ.

ދައުލަތުގެ ސިޔާސަތު (ތަރައްގީގެ ސިޔާސަތު)

  • "ދިވެހިރާއްޖެއާއި ދިވެހިރާއްޖޭގެ ރައްޔިތުންގެ ތަރައްގީއަށް އެޅެންއޮތްހައި ފިޔަވަޅުތަކެއް އެޅުމާއި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެންމެހާ ލާބައާއި ފަސޭހަކަން ހާސިލުވާނޭ ގޮތްތައް ހޯދައި ތަނަވަސްކޮށްދިނުމުގެ ސިޔާސަތެވެ."

ދާޚިލީ ސިޔާސަތު (ރައްޔިތުންނަށް ފައިދާހުރި ސިޔާސަތު)

  • "ރާއްޖޭގެ ދާޚިލީ ސިޔާސަތުގެ މައިގަނޑަކީ ރާއްޖޭގެ ރައްޔިތުންނަށް ހުރިހާ ކަމެއްގައި ލުޔާއި ފަސޭހަކަން ހާސިލުވާނޭ މަގު ތަނަސްކޮށްދިނުމެވެ."
  • މީސްތަކުންގެ މިނިވަންކަމަށް އިހުތިރާމުކުރުމުގެ މައްޗަށް ސަމާލުކަން ބެހެއްޓުމެވެ.
  • ދައުލަތުގެ ދާޚިލީ ސިޔާސަތުގެ އުސޫލަކީ ގާނޫނީ ހައްގުތަކާއި ވާޖިބުތަކަށް އިހުތިރާމުކުރުމަށްޓަކައި، ރައްޔިތުންނަށް ދެެވެންހުރި ހުރިހާ މިނިވަންކަމެއް ދިނުމެވެ.
  • ސިޔާސީ އަދި މަދަނީގޮތުން ހޯދެން ހުރި ހުރިހާ ފައިދާއެއް ހޯދައިދިނުމެވެ."

ޚާރިޖީ ސިޔާސަތު (ގައުމަށް ފައިދާ ހުރި ސިޔާސަތު)

  • "ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާކުރެވިފައި ވަނީ، ރާއްޖޭގެ ރަހުމަތްތެރިކަމަށް ގަދަރުކުރާ ބޭރުގެ ކޮންމެ ފަރާތަކަށްވެސް ހެޔޮއެދޭ އުސޫލުގެ މައްޗަށެވެ.
  • ރާއްޖޭގެ އެކުވެރިކަމާއި ރަހުމަތްތެރިކަމަށް ގަދަރުކުރާ ބޭރުގެ ކޮންމެ ފަރާތަކާ މެދުވެސް އެކުވެރިކަން ބަހައްޓާ ރަހުމަތްތެރިކަމުގެ ގުޅުން އުފެއްދުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އުސޫލެވެ.
  • ބައިނަލްއަގުވާމީ މައްސަލަތާއި މެދުގައި ރާއްޖޭގެ ސިޔާސަތަކީ ރާއްޖެއާއި އެހެނިހެން ގައުމުތަކަށް އެންމެ ފައިދާ ބޮޑު އެންމެ މަސްލަހަތު ހުރި ގޮތްތަކަށް ކަންތައްތައް ގެންދެވޭތޯ ބެލުމުގެ ސިޔާސަތެވެ."
  • (1965 ގައި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބި ބައިނަލްއަގުވާމީ މައިދާނަށް ނުކުމެވި ގައުމުތަކާ ޑިޕްލޮމެޓިކު ގުޅުން ގާއުމުކުރުމާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުގައި ބައިވެރިވާން ފެށުނީއްސުރެ) "1977 ވަނަ އަހަރު ނިމުނުއިރު 31 ގައުމާ ދިވެހިރާއްޖެއާއި ޑިޕްލޕމެޓިކު ގުޅުން ގާއިމުކުރެވިފައިވެއެވެ.
  • އަދި ބައިނަލްއަގުވާމީ 13 ޖަމާއަތަކާއި ދިވެހިރާއްޖެއާ ގުޅިފައިވެއެވެ.
  • ދިވެހިރާއްޖެ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގައި ބައިވެރިވުމާއި އިންޓަނޭޝަނަލް ބޭންކް ފޮރ ރިކޮންޓްރަކްޝަން އެންޑް ޑެވެލޮމަންޓް (އައިބީއާރުޑީ) އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އަދި އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ)ގެ މެންބަރަކަށް ވުމުގެ ކަންކަން ކުރެވުނެވެ."

މިސާލު:

  • ދިވެހިރާއްޖޭގެ ދިވެހިރައްޔިތުންގެ އިގުތިސާދީ އެންމެ ސިނާއަތު މަސްވެރިކަމުގެ ބޮޑެތި މަޝްރޫއުތައް
  • މޯލްޑިވްސް ނިޕޯން ކޯޕަރޭޝަންގެ ލިމިޓެޑުގެ ނަމުގައި 1977ގައި އުފެއްދި ކުންފުނީގެ މަސް ފެކުޓަރީތައް
  • މަރުބޭނި ކޯޕަރޭޝަނުން ބޮޑު އަގުގައި މަސްގަތުން
  • މަސްދޯނިފަހަރުގައި އިންޖީނުއެޅުން ބާރަށް ކުރިޔަށް ގެންދިއުން
  • 1976 ގައި 195 ދޯނި
  • 1977 ނިމުނުއިރު 413 ދޯނި
  • ރާއްޖެއިން ބޭރުކުރި މަހުން އެކަނިވެސް 2.99 މިލިޔަން ޔޫއެސް ޑޮލަރު ރާއްޖެއަށް 1977 ގައި ލިބުނުކަން

މިސާލު:

  • ހުޅުލޭ އެއަރުޕޯޓުގެ ބޮޑު މަޝްރޫއު
  • ގައުމީ އެއަރލައިން
  • ގައުމީ ޝިޕިންގ ލައިން
  • އިންޓަނޭޝަނަލް ކޮމިއުނިކޭޝަން
  • ތައުލީމީ ބޮޑެތި މަޝްރޫއުތައް
  • ސިއްހީ ބޮޑެތި މަޝްރޫއުތައް
  • މެލޭރިޔާ، ޓީބީ، ލެޕުރަސީ، ފައިލޭރިޔާ ފަދަ ބަލިތަކުން ދިވެހި ރައްޔިތުން ސަލާމަތްކުރުމުގެ ކަންކަން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.