Support Us

އަށް ފޫޓުގެ ރޮބޮޓް ބޮޑީގާޑަކާއެކު ބަހްރެއިންގެ ރަސްގެފާނު ދަތުރުކުރައްވާ ކަމަށް ބުނާ ފޭކް ވީޑިއޯއެއް ދައުރުވަނީ

ބަހްރެއިންގެ ރަސްގެފާނު، އަށް ފޫޓުގެ ރޮބޮޓް ބޮޑީގާޑަކާއެކު ޑުބާއީއަށް ޒިޔާރަތްކުރެއްވި ކަމަށް ބުނާ ފޭކް ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަ ދެ އެވެ.

ސޯޝަލް މީޑިއާގައި ދޮގު ހަބަރު ފެތުރޭލެއް ހަލުވިކަމީ އައު ކަމެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ސޯޝަލް މީޑިއާގެ ތަފާތު ޕްލެޓްފޯމްތަކަކީ މީހުންނަށް އޮޅުވާލައި، ދޮގު ހަބަރުފަތުރަން ބޭނުންކުރާ އެންމެ ބޮޑު ވަސީލަތަށް ވަނީ ވެފަ އެވެ.

އެގޮތުން ބަހްރެއިންގެ ރަސްގެފާނު އަށް ފޫޓުގެ ރޮބޮޓް ބޮޑީގާޑަކާއެކު ޑުބާއީއަށް ޒިޔާރަތްކުރެއްވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކީ މީގެ މިސާލެކެވެ. ޓްވިޓަރ މެދުވެރިކޮށް މީހަކު ހިއްސާކޮށްފައިވާ އެ ވީޑިއޯއިން ފެންނަނީ ރަސްމިއްޔާތެއްގެ ތެރެއިން މީހެއްގެ ފަހަތުން އަށް ފޫޓުގެ ރޮބޮޓެއް ހިނގާފައިދާ މަންޒަރެވެ. އަދި ވީޑިއޯއާއެކު ބުނެފައި ވަނީ ތާރީޚުގައި ޓެކްނޮލޮޖީ ހަލުވި ދުވެއްޔެއްގައި ފެތުރި، ސިޔާސީ ލީޑަރުންގެ ބޮޑީގާޑަކަށް ވެސް ރޮބޮޓުން ހަމަޖައްސައިފާނެ ކަމަށެވެ. ނަމަވެސް މިކަން ރަނގަޅަށް ދިރާސާކޮށްފި ނަމަ އެނގިގެންދާނީ މިއީ 2019 ގައި އަބޫދާބީގައި ބޭއްވި ޑިފެންސް އެގްޒިބިޝަނެއްގެ ތެރެއިން ކޮށްފައިވާ ވީޑިއޯއެއް ކަމެވެ.


ސޯޝަލް މީޑިއާއިން ފެންނަ ކޮންމެ ވާހަކައެއް ޤަބޫލުކުރުމުގެ ނުރައްކާތެރިކަން ހާމާވެގެން ދަނީ އެކަމުގެ ސަބަބުން ޤައުމުތަކުގެ ރައްޔިތުން މުޒާޚަރާކޮށް، މީހުން މަރާ ހިސާބަށް ދިއުމުންނެވެ. ކޮވިޑް-19 ވުޖޫދަށް އައުމުގެ ކުރީކޮޅު އެ ބައްޔާ ގުޅޭގޮތުން ވެސް އެތައް ދޮގު ވާހަކައެއް ސޯޝަލް މީޑިއާގައި ފެތުރިގެން ގޮސްފައިވާތަން ވަނީ ފެނިފަ އެވެ. އެގޮތުން ވަކި އެއްޗެއް ކައިގެން ނުވަތަ ބޮއެގެން ބަލިން ރައްކާތެރިވާނެ ކަމަށާއި، މާސްކު އެޅުމަކީ ބަލި އިތުރަށް ޖެހެން މެދުވެރިވާ ކަމެއް ކަމަށް ބުނެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން ވަނީ ހިއްސާކޮށްފަ އެވެ. މިކަމުގެ ނުރައްކާ ބޮޑަށް ހާމަވެގެންދަނީ އެފަދަ ކަންކަން ޤަބޫލުކޮށް، އެކަންކަމާއި އެއްގޮތަށް އަމަލުކޮށް، މީހާގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންތައް ދިއުމެވެ. އެގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް ނަސްލީ ތަފާތުކުރުމާއި، ދޮގު މަޢުލޫމާތު ފެތުރުން ފަދަ ނޭދެވޭ އަމަލުތައް ހިންގަމުންދާއިރު، އެފަދަ ކަންކަމުން ރައްކާތެރިވެ، ކަންކަމުގެ ހަޤީޤަތް ހޯދުމަކީ އަހަރެމެން އެންމެންގެ ވެސް ޒިންމާއެކެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *