Support Us

މުސްލިމް ބްރަދަހުޑްގެ އިސް ލީޑަރެއް ޖަލުގައި އަވަހާރަވެއްޖެ

މިސްރުގެ މުސްލިމް ބްރަދަހުޑްގެ އިސް ލީޑަރެއް ވެރިރަށް ގާހިރާގެ ޓޯލާ ޖަލުގައި އަވަހާރަވެއްޖެ އެވެ.

ޓޯރާ ޖަލުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އައްސާމް އަލް އެރެއިން އަވަހާރަވެފައި ވަނީ ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. އުމުރުން 66 އަހަރުގެ އައްސާމް އަވަހާރަވީ ކޮވިޑް-19 އާއ ގުޅިގެން ޖަލުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އޭނާގެ އާއިލާގެ މެމްބަރުންނާ ބައްދަލުނުވާތާ ހަ މަސް ވީ ފަހުން ކަމަށް މުސްލިމް ބްރަދަހުޑްގެ ވަކީލެއް ކަމަށްވާ އަބްދުލް މުނީން އަބްދުލް މަޤްސޫދު ވިދާޅުވި އެވެ. ސައުދީ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މަޤްސޫދު ވިދާޅުވީ، އައްސާމް އަވަހާރަވެފައި ވަނީ ޤުދުރަތީ ސަބަބުތަކާއި ހުރެ ކަމަށް ޖަލުގެ އޮފިޝަލުން ވިދާޅުވެފައި ވީނަމަވެސް، އޭނާ އަވަހާރަވީ ހޮސްޕިޓަލުގައި ކަމެއް ނުވަތަ ޖަލުގައި ކަމެއް ޔަޤީންކުރެވިފައި ނުވާ ކަމަށެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމެއް އައްސާމަށް އިއްވައިފައި ވަނީ 2013 ވަނަ އަހަރު މިސްރުގެ ކުރީގެ ރައީސް މުޙައްމަދު މޯސީއާއި ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބަޣާވާތްކޮށް، ވެރިކަން ވައްޓާލުމަށްފަހު މުސްލިމް ބްރަދަހުޑަށް ނިސްބަތްވާ އެތައް ބަޔަކު ހައްޔަރުކުރި ކުރުމުގެ ތެރެއިންނެވެ.

ޓޯރާ ޖަލުގައި ގައިދީންއާއި މެދު އިހާނާތްކޮށް ހިތާކަމަށް ބުނެ، ހައްޔަރުކޮށްފައި ތިބި މުސްލިމް އެތައް ލީޑަރުންނެއްގެ އާއިލާއިން ވަނީ އެ މީހުންގެ ސިއްޙަތާއިމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް މިސްރުގެ ސަރުކާރުން ވަނީ އެކަން ދޮގުކުރައްވައިފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *