Support Us

ދުނިޔޭގެ ބިމުން ބޭރުގައި 878 ދުވަހަށްވުރެ ގިނަ ދުވަސް ހޭދަކޮށް ރެކޯޑު މުގުރާލައިފި

ރަޝިޔާގެ އެސްޓްރޮނޯޓް އޮލޮކް ކޮނޮނިންކޯ ދުނިޔޭގެ ބިމުން ބޭރުގައި، ހަވާގައި 878 ދުވަހަށްވުރެ ދިގު މުއްދަތެއް ހޭދަކޮށް ދުނިޔޭގެ ރެކޯޑް މިއަދު މުގުރައިލައިފިއެވެ.

މީގެ ކުރީގެ ރެކޯޑު ވެސް ހަދައިފައި ވަނީ ރަޝިޔާގެ އެސްޓްރޮނޯޓެއް ކަމުގައިވާ ޖިނާޑީ ޕަޑްކާއެވެ. އޭނާގެ ރެކޯޑަކީ 878 ދުވަހެވެ.

ރޫސީ ހަވާއާ ބެހޭ އޭޖެންސީ (ރޮސް ކޮޒްމޮސް) ބުނާގޮތުގައި މި ރެކޯޑް މުގުރައިލީ މިއަދު މެންދުރުފަހުން 1:30 ގައެވެ. އޭނާ މި އަންނަ ޖޫން ފަސް ވަނަ ދުވަހު 1،000 ދުވަސް ހަމަކުރާނެއެވެ.

ކޮނޮނިންކޯ (ފޮޓޯގެ ވާތް ފަރާތުގައި) ދުނިޔޭގެ ބިމާ 423 ކީލޯމީޓަރު ދުރުން ދަތުރުކުރަމުން ޓާސް އާ ވާހަކަދައްކަމުން ބުންޏެވެ. "އަހަރެން ހަވާގައި މި އުޅެނީ މުހިއްމު މަސައްކަތްތަކެއް ކުރާށެވެ. ރެކޯޑް ހަދާކަށެއް ނޫނެވެ." 

އޭނާ އިތުރަށް ބުންޏެވެ. "އަހަރެންގެ ކާމިޔާބީތަކާ މެދު ފަޚްރުވެރިވަމެވެ. ހަވާގައި އިންސާނަކު ހޭދަކުރި މުއްދަތުގެ ރެކޯޑް އަދިވެސް އޮތީ ރަޝިޔާ މީހެއްގެ އަތުގައި ކަމަށް ވާތީ ވެސް ފަޚްރުވެރިވަމެވެ." 

ކޮނޮނިންކޯގެ ހަވާގެ ދަތުރު ފެށުނީ މި ދިޔަ އަހަރުއެވެ. އޭނާ ބައިނަލްއަޤްވާމީ ޖައްވީ އިސްޓޭޝަނަށް ދިޔައީ ސޮޔޯޒް އެމްއެސް 24 ޖައްވީ އުޅަނދުގައެވެ. 

ބައިނަލްއަޤްވާމީ ޖައްވީ އިސްޓޭޝަނަކީ އެމެރިކާއާއި ރަޝިޔާ ގުޅިގެން ހިންގާ މަޝްރޫޢެކެވެ. ދެހާސް ފަންސަވީހާ ހަމައަށް މި މަޝްރޫޢު އެމެރިކާގެ ނާސާއާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް ރޮސްކޮޒްމޮސް އޭޖެންސީން ބުންޏެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް