Support Us

ކޮވިޑް-19ގެ ކުރިން ދުނިޔޭގެ ކޮންމެ 5 ސްކޫލަކުން 2 ސްކޫލްގައި އަތްދޮވުމުގެ ނިޒާމެއް ނެތް"

ޑަބްލިއުއެޗްއޯ އަދި ޔުނިސެފް ގުޅިގެން ހިންގި ޖޮއިންޓް މޮނިޓޮރިންގް ޕްރޮގްރާމް (ޖޭއެމްޕީ) އިން ކުރި އެންމެ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ސްކޫލްތަކުގެ ތެރެއިން 43 ޕަސެންޓް ސްކޫލްތަކުގައި 2019 ވަނަ އަހަރު އަތް ދޮވުމުގެ ނިޒާމު ފުރިހަމައަށް ޤާއިމްކޮށްފައެއް ނުވެ އެވެ.

ޖޭއެމްޕީ އިން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ 818 މިލިއަނެއްހާ ކުދިންނަށް ސާފުކޮށް އަތްދޮވެވޭނެ ވަސީލަތްތައް ސްކޫލްތަކުން ތަނަވަސްކޮށްދީފައިނުވާ ކަމަށާއި، އެކަމުގެ ސަބަބުން ކޮވިޑް-19 އާއި ގައިންގަޔަށް އަރާ އެފަދަ އެހެނިހެން ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުކަމަށެވެ. އަދި އޭގެރެއިން 295 މިލިއަން ކުދިންނަކީ އެފްރިކާގައި ދިރިއުޅޭ ކުދިން ކަމަށްވެސް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ ތަރައްޤީ ނުވާ ޤައުމުތަކުގައި ކޮންމެ 10 ސްކޫލަކުން 7 ސްކޫލެއްގައި އަތްދޮވެވޭނެ ވަސީލަތްތައް ނެތްއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ސްކޫލްތަކުގައި ސާފުތާޙިރުވެވޭނެ ގޮތްތަކާއި ސާފު ބޯފެން ލިބެނެ ނިޒާމެއް ޤައިމްކޮށްފައި ނެތްކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ސްކޫލްތައް ބަންދުކުރަން ޖެހިފައިވުމުން ކުދިންނަށް ތަޢުލީމު ހާސިލްކުރުމުގައި އެތަކެއް ދަތިތަކަކާއި ކުރިމަތިލާންޖެހި، އެކުދިންގެ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަމަށް ވިދާޅުވެ، ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރ ހެންރިއެޓް ފޯރ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ދަރިވަރުންގެ ކިޔެވުމަށް މަގުފަހި ކޮށްދިނުމާއި، ސްކޫލްތަކުގައި އަތްދޮވެވޭނެ ވަސީލަތްތަކާއި ސާފު ބޯފެން ލިބޭނެ ގޮތްތައް ޤާއިމްކުރުމަކީ އެންމެންގެ ޒިންމާއެއްކަން ވެސް އެކަމަނާ ވަނީ ފާހަގަކޮށްފަ އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ސަރުކާރުތަކުން ސިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާއިރު، ލޮކްޑައުންގެ ސަބަބުން ކުރިމަތިވާ އިޖްތިމާއީ އަދި އިޤްތިސާދީ ދަތިތަކަށް ރިޔާއަތް ކުރުމުގެ މުޙިއްމުކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ސްކޫލްތައް ބަންދުކޮށްފައި އޮތުމުން ދަރުވަރުންގެ ކިޔެވުމާއި، ސިއްޙަތަށް ނޭދެވޭ އަސަރުކުރާކަމުގެ ހެކި ފެންނަން އޮތް ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *