Support Us

ހުޅުމާލެ "ހިޔަލަ ވީކެންޑް މާކެޓު" ހުޅުއްވައިދެއްވައިފި

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑުން އިންތިޒާމުކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ "ހިޔަލަ ވީކެންޑް މާކެޓް" މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް ޑޮކްޓަރ ޢާއިޝަތު ޝިހާމް މިރޭ ހުޅުއްވައިދެއްވައިފިއެވެ.

ރެޑްވޭވް މެގަ މޯލްގެ ފުރަގަހުން ކޮންޓެއިނާ ޕާކުގެ އިރުމަތިން އޮންނަ ސަރަހައްދުގައި ޤާއިމްކޮށްފައިވާ މި ކިއޮސްކު (ސްޓޯލް) ތަކަކީ ކޮންމެ ހަފުތާ ބަންދެއްގައި ކުރިއަށްގެންދިއުމަށް ޢާއްމުކޮށް ހުޅުވާލައިފައިވާ ވިޔަފާރީގެ ފުރުސަތުތަކެކެވެ.

އަންހެނުންގެ ހުނަރުތައް ނުވަތަ ވިޔަފާރިތަކަށް ޚާއްސަކޮށް ހުޅުވި މި ސްޓޯލްތަކަކީ، ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހެއްގެ ހަވީރު ހަތަރަކުން ރޭގަނޑު 11 އާ ހަމައަށް ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވީކެންޑް މާކެޓެކެވެ.

މި ވީކެންޑް މާކެޓުގައި ކިއޮސްކު ކުއްޔަށް ދޫކުރުމަށް ހަމަޖައްސާފައިވަނީ ހަފްތާ ބަންދަކަށް 300ރ. އަށެވެ. ކިއޮސްކަށް އެދުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފައެވެ. އެގޮތުން އެކަމަށް އެދި ފޯމު ހުށަހެޅުމުން ދަފްތަރު ކުރެވި، ކޮންމެ ހަފްތާއެއްގައިވެސް ކިއޮސްކަށް ފުރުސަތު ދިނުމުގައި ދަފްތަރު ތަރުތީބުން ދޫކުރެވިގެން ދާނެކަމުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑުން ބުނެއެވެ.

ކިއޮސްކު ކުއްޔަށް ހިފަން އެދޭ ފަރާތްތަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި އަންހެނަކަށް ވާންޖެހޭނެ ކަމުގައި އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވެއެވެ.

ހިޔަލަ ވީކެންޑް މާކެޓްގައި ޖުމްލަ 10 ކިއޮސްކު ހަދައިފައި އެބަހުއްޓެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *