Support Us

ސީޒަނާ ދިމާކޮށް "މަންޝާ އޮންލައިން"ގެ ސްވެނިއަރ ޕްރޮމޯޝަނެއް: ގެސްޓް ހައުސްތަކާއި ޓޫރިސްޓް ޝޮޕްތަކަށް ހާއްސަ

މަންޝާ މަނިކުގެ ނަމުގައި މީގެ 34 އަހަރު ކުރިންސުރެ މަޝްހޫރުވެފައިވާ ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކުސޭޓު)ގެ "މަންޝާ އޮންލައިން" ފިހާރައިން، ޓޫރިސްޓް ސީޒަނާ ދިމާކޮށް ގެސްޓް ހައުސްތަކާއި ޓޫރިސްޓް ޝޮޕްތަކަށް ހާއްސަ ސްވެނިއަރ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މަނިކު ސޭޓު މިއަދު ބުނީ ޓޫރިސްޓް ސީޒަނަށް ގެސްޓް ހައުސްތަކާއި ޓޫރިސްޓް ޝޮޕްތަކަށް ބޭނުންވާ ހުރިހައި ބާވަތެއްގެ ސުވެނިއަރސް އާއި އެހެނިހެން މުދާތައް އެންމެ ފޯން ކޯލަކުން އެ ރަށަކަށް ފޮނުވައިދޭނެ ކަމަށެވެ.

"ޓޫރިސްޓް ސީޒަން ފެށުމުން މި ފަހަރު މި ސޭލް ހާއްސަ ކޮށްލަނީ ގެސްޓް ހައުސްތަކާއި ޓޫރިސްޓް ޝޮޕްތަކަށް. އެ ތަންތަނަށް ބޭނުންވާ ސްވެނިއަރސް އާއި އެހެނިހެން ހުރައި ބާވަތެއްގެ މުދާ މިތަނުން ލިބޭނެ،" މަނިކުސޭޓު ބުންޏެވެ. "ރިސޯޓްތަކުން ފެށިގެން ގޮސް ދިވެހިރާއްޖޭގެ ހުރިހައި ރަށަކަށް ހޯލްސޭލް އަދި ރީޓެއިލްކޮށް "މަންޝާ އޮންލައިން" އިން ހިދުމަތް ލިބޭނެ. އަޅުގަނޑުމެންގެ އަމާޒަކީ ހެޔޮ އަގުގައި މުދާ ފޯރުކޮށްދިނުން. މުދާ ޑެލިވެރީ މާލެ، ހުޅުމާލެ އަދި ބޯޓުފަހަރަށާއި އަދި ބޭނުންވެއްޖެ ނަމަ އެއަރފްރައިޓްކޮށް ވެސް ރާއްޖޭގެ ހުރިހައި ރަށަކަށް ފޮނުވައިދޭނެ. އޯޑަރު ދޭތާ އެއް ގަޑިއިރު ތެރޭގައި ސާމާނު ޑެލިވަރކޮށްދޭނެ."

"މަންޝާ އޮންލައިން" ފިހާރަ ހުންނަނީ ފަރީދީމަގުގައި، "އެމް.އެސް. އާރް.އާރް. ޝޮޕްސް"ގައެވެ.

"އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ މާލެއިން ފުރައިގެން ދާން ބޭނުންވާ މީހުންނަށް ބޭނުންވާނެ ހުރިހާ އެއްޗެއް ފޯރުކޮށްދިނުން. އޭގެ އިތުރުން މާލެ އަންނަ ޓޫރިސްޓަކު އެނބުރި ގައުމަށް ދިއުމުގެ ކުރިން އެ މީހާއަށް ބޭނުންވާ ހުރިހައި އެއްޗެއް ވެސް މިތަނުން ލިބެން ހުންނާނެ. ނޫނިއްޔާ ރާއްޖެއިން ބޭރަށް ދިވެއްސަކު ދާން ބޭނުންވިޔަސް، ސުވެނިއަރއަކަށް ގެންދާނެ ދިވެހިވަންތަ އުފެއްދުންތައް ވެސް ހެޔޮ އަގެއްގައި، އަތްފޯރާފަށުގައި މިތަނުން ލިބޭނެ،. އެހެންވީމާ ރަށުން ބޭރަށް ދާން އުޅޭ ކޮންމެ މީހަކު ވެސް މި ތަނަށް ވަދެލުމަކީ ވަރަށް މުހިންމު ކަމެއް،" މަނިކުސޭޓު ބުންޏެވެ. "މިތަނުން ވިއްކާ މުދަލުގެ ކޮލިޓީ ރަނގަޅުވެފައި އަގުތަކާ އެއްޗެތި ހެޔޮވީމާ އާންމުން މިތަން ވަރަށް ބޮޑަށް ބަލައިގެންފި. ރާއްޖޭގެ މާކެޓުން އާންމުކޮށް ލިބެން ހުންނަ ހުރިހައި އެއްޗެއް މި ތަނުން ލިބޭނެ. އަގުތައްވެސް ހަމަ އެހާ ހެޔޮވާނެ."

"ދިވެހިވަންތަ ސްވެނިއަރ ހުންނާނެ. މަގާއި މުންޑާއި ޓީޝާޓް ހުންނާނެ. ކުޑަކުދީންނަށް ބޭނުންވާނެ ހުރިހައި ސާމާނެއް ހުންނާނެ. ރީތިވާ ސާމާނު ހުންނާނެ. ސެންޓު، ލޯޝަން، ބޮޑީ ސްޕްރޭ، ޝޭމްޕޫ ހުންނާނެ. ޖާޒީ އާއި ޓީޝާޓާއި ސޯޓާއި ޒުވާނުން ކުޅިވަރު ކުޅޭ ހުރިހައި ސާމާނެއް ހުންނާނެ. މެޓާ، ޗޮކްލެޓް ހުންނާނެ. އަވިއައިނާއި ގަޑި ހުންނާނެ. އެކި ކަހަލަ ނަޓްސް ހުންނާނެ. ހެލްމެޓާއި އިސްތިރި އާއި ބެޑްޝީޓާއި ކުއިލްޓާއި ގެއާއި ބަދިގެތެރޭގެ އެކި ކަންކަމަށް ބޭނުން ހުރިހައި އެއްޗެއް ހުންނާނެ. ގޮދަޑި ހުންނާނެ. އެކި ސައިޒުގެ ފޮއްޓާއި ދަބަހާއި ތޮތްޕާއި ބެކްޕެކް ހުންނާނެ. މުސައްލަ ހުންނާނެ. އެކި ކަހަލަ ހާޑްވެއާރ ވެސް ހުންނާނެ. ރައްޓެހިންނަށް ދޭނެ އެކި ކަހަލަ ހަދިޔާ ވެސް ހުންނާނެ،" މަނިކުސޭޓު ބުންޏެވެ.

މަނިކުސޭޓު ބުނީ "މަންޝާ އޮންލައިން"ގެ ހިދުމަތް ހޯދުމަށް، 7772341 ނުވަތަ 7991551 އަށް ގުޅައިލުމުން ނުވަތަ ވައިބަރ/ ވަޓްސްއަޕް މެސެޖެއް ކޮށްލިޔަސް ހުރިހައި ކަމެއް ހަމަޖެހޭނެ ކަމަށެވެ.

"މަންޝާ އޮންލައިން" ފިހާރައިގެ އެންމެ ފަހުގެ ބައެއް މުދާތަކުގެ ފޮޓޯ ތިރީގައި މިވަނީއެވެ.