Support Us

ކެންވަސް އާއި ބެނަރ ޕްރިންޓިންގެ ޚިދުމަތް ތިނަދޫގައި ފަށައިފި

ކެންވަސް އާއި ބެނަރ ޕްރިންޓިންގެ ޚިދުމަތް ގދ. ތިނަދޫގައި ފުރަތަމަ ފަހަރަށް ފަށައިފިއެވެ.

"ނޯވަ ޓެކް" ނަމުގައި ތިނަދޫގައި މި ޚިދުމަތް ތައާރަފުކޮށްފައި ވަނީ އެފަދަ ޚިދުމަތްތައް މާލެއާއި ރާއްޖެއިން ބޭރުން ހޯދުމުގައި ބޮޑެތި ދަތިތައް ހުންނާތީ ކަމުގައި އެ ފަރާތުން ބުނެއެވެ.

ނޯވަ ޓެކްގެ ވެރިޔާ ޒަފަަރު އަބްދުﷲ ވިދާޅުވީ ކެންވަސް އާއި ބެނަރ ޕްރިންޓިންގެ މަސައްކަތް ރަށުގައި ފެށުމަކީ އެހާ ފަސޭހަވި ކަމެއް ނޫން ކަމަށެވެ. ނަމަވެސް ބުރަ މަސައްކަތް ތަކަކަށް ފަހު އޮގަސްޓް 3 އިން ފެށިގެން މިހާރު ޚިދުމަތް ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ މާލެއަށްވުރެ ހެޔޮކޮށް އަގުތައް ހިފެހެއްޓުމަށް. އެގޮތުން ތަފާތު ޚިދުމަތްތަކެއް ވެސް އިތުރު ކުރެވިފައިވާނެ،" ޒަފަަރު ވިދާޅުވިއެވެ.

ނޯވަ ޓެކްގައި ޕްރިންޓިންގެ މަސައްކަތް ކުރިއަށް ދަނީ

ތިނަދޫގައި ހުޅުވި ނޯވަ ޓެކް އިން މިވަގުތު ދެމުންދާ ޚިދުމަތްތަކުގެ ތެރޭގައި ޓީޝާޓާއި ޖާޒީ ޕްރިންޓިން، ގްރެފިކްސް ޑިޒައިނިން އަދި ސްޓިކާ ކެފުން ފަދަ ކަންކަން ހިމެނެއެވެ.

"ދާދި އަވަހަށް ފަށާނެ ކަންތަކަށްވެސް އަޅުގަނޑުމެން މިދަނީ ތައްޔާރުވަމުން. އެގޮތުން އެންގްރޭވިން އާއި ތްރީޑީ ޕްރިންޓް އަދި ނެޓްވަރކް އެޅުމާއި ޑޯ ލޮކިންގް ސިސްޓަމް ހަރުކޮށްދިނުން ހިމެނޭ،" ޒަފަަރު ވިދާޅުވިއެވެ.