Support Us

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް 1 މާޗު 2018 ގައި ސުލެއިމާން އައްޔަންކުރައްވަނީ -ފޮޓޯ: ރައީސް އޮފީސް

އެން.އައި.ސީގެ ރައީސް ސުލައިމާން ވަކިކުރައްވައިފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް އަޙްމަދު ސުލައިމާން މިއަދު މަގާމުން ވަކިކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސުލެއިމާނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ "ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުންނާއި ރައީސްގެ މަގާމުން އަޙްމަދު ސުލައިމާން ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމަށް، 21 ޖުލައި 2020 ގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާތީ، އަޙްމަދު ސުލައިމާން މިއަދު ވަކިކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްރިއްޔާ ވިދާޅުވި" ކަމަށެވެ.

ކުރިން އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ސުލެއިމާން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އައްޔަން ކުރެއްވީ 1 މާޗު 2018 ގަ އެވެ.

ސުލެއިމާން މިއަދު މަގާމުން ވަކިކުރެއްވިއިރު، ފަސް މެމްބަރުންގެ ކޮމިޝަންގައި ތިއްބެވި ތިން މެމްބަރަކު މިދިޔަ މަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެއީ ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު ހަދީޖާ އަބްދުﷲ އާއި މެމްބަރު އަހުމަދު އަމީނެވެ.

ގާނޫނުތަކުގެ ދަށުން އުފައްދާފައިވާ މިނިވަން މުވައްސަސާތަކަށް، ރައްޔިތުންގެ މަޖުލީހުން ފާސްކޮށް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ގާތްގަނޑަކަށް ހުރިހައި ބޭފުޅުންހެން މި ސަރުކާރު އައިސް ދެ އަަހަރު ނުވަނީސް ވަނީ މަގާމުން ވަކިކޮށް ނުވަތަ މަގާމުން އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރުވައިފަ އެވެ. އެކަން ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ މިނވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގެ ތެރެއިންނެވެ.

އެ މަނިކުފާނުގެ ސަރުކާރެއްގައި، ސިޔާސީ ސަބަބަކަށްޓަކައި، އެއްވެސް މީހަކު ވަޒީފާއިން ވަކިނުކުރާނެ ކަމަށް، ވެރިކަމަށް ވަޑައިގަތުމުގެ ކެމްޕޭނުތެރޭގައި އިބްރާޙިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ސިޔާސީ ސަބަބަކަށްޓަކައި ވަޒީފާއިން ވަކިކުރި މީހުންގެ ޝަކުވާ ބަލާ ކޮމިޓީއެއް ރައީސް ސޯލިހު އެކުލަވާލައްވައި، އެތައް ބަޔަކަށް އަލުން ވަޒީފާ ދޭން ރައީސް އޮފީހުން ވަނީ އަންގައިފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *