Support Us

ބޮޑުވަޒީރުކަމުގެ ހުވާ މަހިންދަ ރާޖަޕަކްސަ ކުރައްވައިފި

ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ ހުވާ އެ ޤައުމުގެ ކުރީގެ ރައީސް، މަހިންދަ ރާޖަޕަކްސަ މިއަދު ކުރައްވައިފި އެވެ.

ލަންކާގެ ވެރިރަށް ކޮލަމްބޯގެ ފައްޅިއެއްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ބޮޑުވަޒީރުކަމުގެ ހުވާ ލާދެއްވީ މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު އަދި ސްރީލަންކާގެ މިހާރުގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސަ އެވެ. މިއީ މަހިންދަ ރާޖަޕަކްސަ ލަންކާގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވި ހަތަރު ވަނަ ފަހަރެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ލަންކާގެ ޕާލިމަންޓަރީ އިންތިޙާބުގައި 145 ގޮނޑި ކާމިޔާބުކުރައްވާ، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އެސްއެލްޕީޕީ ޕާޓީން ވަނީ ބޮޑު ތަފާތަކުން އިންތިޙާބުން ކުރި ހޯދާފަ އެވެ. އިދިކޮޅު އެސްޖޭބީ ޕާޓީއަށް ލިބިފައި ވަނީ 54 ގޮނޑި އެވެ. ލަންކާގެ ޕާލިމެންޓަށް ރާޖަޕަކްސަ އާއިލާގެ ފަސް ބޭފުޅުން ވަނީ ހޮވިވަޑައިގެންފަ އެވެ. އޭގެ ތެރޭގައި މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ ހިމެނިވަޑައިގަންނަވަ އެވެ.

ވެރިކަން ކުރާ ޕާޓީ އަށް އިންތިޙާބުގައި ލިބުނު މިކާމިޔާބީގެ ސަބަބުން މިނިވަން މުއައްސަސާތަކުގެ ބާރު ކެނޑިގެންދާނެ ކަމަށް ކަމާބެހޭ މާހިރުން ދެކެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *