Support Us

ބެއިރޫތުގައި ހިނގި ގޮވުމުގައި 60 އަށް ވުރެ ގިނަ މީހުން ގެއްލިފައިވޭ

ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި މިދިޔަ އަންގާރަ ދުވަހު ހިނގި ގޮވުމުގެ ހާދިސާގައި 60 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އެ ޤައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އޭއެފްޕީ ނޫހަށް ދިން އިންޓަވިއުއެއްގައި ހެލްތު މިނިސްޓްރީގެ އޮފިޝަލު ވިދާޅުވީ މި ހާދިސާގައި މިހާތަނަށް 154 މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން 25 މީހުންނަކީ ކޮން ބައެއްކަން އަދި ހޯދިފައިނުވާ ކަމަށެވެ. މި ހާދިސާގައި ޒަޚަމްވި 6000 މީހުންގެ ތެރެއިން 120 މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށް އެ ޤައުމުގެ ހެލްތު މިނިސްޓަރު އިއްޔެ ވިދާޅުވެފައިވާއިރު، މިހާދިސާގައި ޒަޚަމްވި ނެދަލެންޑްސްގެ އެމްބެސެޑަރުގެ އަނބިކަނބަލުން މިއަދު އަވަހާރަވެފައިވާ ކަމަށް އެޤައުމުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި ހާދިސާގައި ބެއިރޫތުގައި ހުންނަ ނެދަލެންޑްސްގެ އެމްބަސީއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

މި ހާދިސާގެ ސަބަބުން އަރައިނުގަނެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ކުރިމަތިވެފައިވާ ލުބުނާނަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދުނިޔޭގެ ލީޑަރުންނާއެކު ކޮންފަރެންސެއް މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ފަރަންސޭވިލާތުގެ ރައީސް އިސް ނަންގަވައިގެން ބާއްވާ މި ކޮންފަރެންސް ކޯލުގައި ބައިވެރިވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ބެއިރޫތުގައި މިދިޔަ އަންގާރަ ދުވަހު ހިނގި ނުރައްކާތެރި ގޮވުމުގެ ހާދިސާގައި މިހާތަނަށް 154 މީހުން މަރުވެ، 6000 އަށް ވުރެ ގިނަމީހުން ޒަޚަމްވެފައިވާއިރު މި ހާދިސާއާއި ގުޅިގެން 16 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ބެއިރޫތުގެ ކަސްޓަމްސް ޗީފް އަދި ޕޯޓު މެނޭޖަރު ހިމެނެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ތަކެތި ހިމެނޭ 17 ސަޕްލައި ކޮންޓެއިނަރެއް މި ހާދިސާގައި ހަލާކުވުމާއި ގުޅިގެން ބެއިރޫތަށް 1.7 މިލިއަން ޑޮލަރުގެ އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ. އަދި މި ހާދިސާގެ ސަބަބުން ބެއިރޫތުގައި ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްވެދާނެތީ އެ ޖަމާޢަތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *