Support Us

އިންޑިއާގެ ޝާހީ އާއިލާއެއްގެ އަމީރެއް މަރާލިތާ 35 އަހަރު ފަހުން ގާތިލުންނަށް ހުކުމްކޮށްފި

އިންޑިއާގެ ޝާހީ އާއިލާއެއްގެ އަމީރެއް މަރާލިތާ 35 އަހަރު ފަހުން އޭނާގެ ގާލިތުން އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

އިންޑިއާގެ ކުރީގެ ޝާހީ އާއިލާއެއްގެ ދަރިފަސްކޮޅަށް ނިސްބަތްވާ ރާޖާ މާން ސިންގުގެ އާއިލާއިން ބުނިގޮތުގައި އޭނާ މަރާލާފައި ވަނީ އިންޑިއާގެ ރާޖަސްތާނުގައި އޭރު ހުރި އެންމެ ވަރުގަދަ ސިޔާސީ ލީޑަރުގެ އަމުރަކަށް، އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންގެ ރޭވުމެއްގެ ދަށުންނެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ އެމީހުން ބަޑިޖަހާފައި ވަނީ އެމީހުންނަށް ހަމަލާދިނުމުން ކަމަށެވެ.

ރާޖާ މާން ސިންގުގެ އާއިލާއިން ބުނިގޮތުގައި މި މައްސަލާގައި އިންސާފު ލިބެން 35 އަހަރު ނަގާފައިވާއިރު، ހުކުން އިއްވިއިރު މި މައްސަލާގައި ތުހުމަތުކުރެވުނު 11 މީހުންގެ ތެރެއިން ހަތަރު މީހުން ވަނީ މަރުވެފަ އެވެ. އަދި ދެން ތިބި މީހުންގެ އުމުރު މިހާރު 60 އަހަރަށްވުރެ މައްޗަށް އަރާފަ އެވެ.

އިންޑިއާގެ ފުލުހުން އާންމުންގެ މީހަކު މަރައިގެން އިންސާފެއް ލިބުކަމީ ނާދިރު ކަމެއްގެ ގޮތުގައި އެ ޤައުމުގެ ގިނަ ރައްޔިތުން ދެކެ އެވެ. ރާޖާ މާން ސިންގުގެ އާއިލާއިން ބުނިގޮތުގައި އެ މީހުންނަށް އިންސާފު ލިބިފައި ވަނީ އެއީ އެ ޤައުމުގެ ކުރީގެ ޝާހީ ދަރިފަސްކޮޅަށް ނިސްބަތްވާ ބަޔަކަށް ވުމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *