Support Us

އެއާ އިންޑިއާ ވެއްޓުނު ހާދިސާގައި 18 މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައި

އެއާ އިންޑިއާގެ މި ފްލައިޓް ވެއްޓުނު ހާދިސާގައި 18 މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނެފިއެވެ.

ސަތޭކަ ނުވަދިހަ އެއް މީހުންނާއެކު ދަތުރުކުރި އެއާ އިންޑިއާގެ މި ފްލައިޓް ކަރިޕޫރު އެއަރޕޯޓްގެ ކުޑަކުޑަ ރަންވޭ އަށް ޖައްސަން އުޅުމުގެ ތެރޭގައި ކަހާލާފައި ވަނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެ އެވެ. މި ހާދިސާގައި ފްލައިޓް ވަނީ ދެބުރިއަށް ބުރިވެފަ އެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީގެ އޮފިޝަލުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ އާއި ގުޅިގެން ރޭ ހިންގި ރެސްކިއު އޮޕަރޭޝަން ނިންމާލުމަށްފަހު އަނިޔާވި 127 މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި މި ހާދިސާ ހިނގި ސަބަބު ދެނެގަތުމަށްޓަކައި ތަހުޤީޤު ކުރިޔަށް ގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެއާ އިންޑިއާ އެކްސްޕްރެސްގެ މި ފްލައިޓް ދަތުރުކުރަމުން ދިޔައީ ކޮވިޑް-19 ގެ ސަބަބުން ޑުބާއީގައި ތާށިވެފައި ތިބި އިންޑިއާގެ ރައްޔިތުން އަނބުރާ އިންޑިއާއަށް ގެނެއުމަށެވެ.

ރޭ ހިނގި މި ހާދިސާއަކީ 2010 ވަނަ އަހަރަށް ފަހު އެ ޤައުމުގައި ޕެސެންޖަރ ފްލައިޓެއް ވެއްޓިގެން ހިނގާފައިވާ އެންމެ ނުރައްކާތެރި ހާދިސާ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *