ސަތޭކަ ނުވަދިހަ އެއް މީހުންނާއެކު ދަތުރުކުރި އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓި، ދެ ޕައިލެޓުން މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.
ދުބާއީން ކެރެލާގެ ކޮޒިކޮޑްއަށް ދަތުރުކުރި މި ފްލައިޓު ކަރިޕޫރު އެއަރޕޯޓްގެ ކުޑަކުޑަ ރަންވޭ އަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓުމުން ހަތަރު މީހުން ވަނީ މަރުވެފަ އެވެ. ބޯޓު ވަނީ ދެބުރިއަށް ބުރިވެފަ އެވެ. އަނިޔާވެފައިވާ 45 މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ބައެއް މީހުން ވަނީ ސަލާމަތްވެފަ އެވެ. އެ ސަރަހައްދުގައި ރެސްކިއު އޮޕަރޭޝަން މިހާރު ދަނީ ކުރިއަށެވެ.

އެއާ އިންޑިއާ އިން މަޢުލޫމާތު ދޭ ގޮތުގައި މަތިންދާބޯޓު ވެއްޓުނު ވަގުތު އޭގައި 184 ފަސެންޖަރުންނާއި، ހަ ކްރޫ މެމްބަރުން ހިމެނޭއިރު އޭގެ ތެރޭގައި 10 ކުޑަކުދިން ވެސް ހިމެނެ އެވެ.
އެއާ އިންޑިއާގެ މި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކޮށް އެންމެ ފުރަތަމަ ޓްވީޓު ކުރެއްވި ލީޑަރުންގެ ތެރޭގައި ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ހިމެނިވަޑައިގަންނަވަ އެވެ.
މSaddened to learn of the Air India plane crash in Kerala state leading to loss of innocent lives. May Allah give strength to the bereaved families in their difficult hour.
— Imran Khan (@ImranKhanPTI) August 7, 2020
މި ހާދިސާ ހިނގާފައި ވަނީ އިންޑިއާ ގަޑިން މިރޭ ހަތެއް ޖަހާކަންހާއިރެވެ.



advertisment