Support Us

"އަހަރެމެންގެ ސަރުކާރަށް ފައިސާ ނުދޭތި!"

ލުބުނާނުގެ ސަރުކާރަށް ފައިސާގެ އެހީ ނުދިނުމަށް އެ ޤައުމުގެ ރައްޔިތުން ފަރަންސޭސީވިލާތުގެ ރައީސް އިމެނުއެލް މެކްރޯންގެ އަރިހުން އެދިއްޖެ އެވެ.

ލުބުނާގުގެ ގިނަ އަދަދެއްގެ ރައްޔިތުން މިކަމަށް އެދިފައި ވަނީ ރައީސް މެކްރޯން އިއްޔެ ބެއިރޫތަށް ކުރެއްވި ދަތުރުފުޅުގައި ބާރުގަދަ ގޮވުން ގޮވާފައިވާ ސަރަހައްދަށް ޒިޔާރަތްކުރައްވާ އެ ސަރަހައްދުގައި ތިބި އާންމުންނާ ބައްދަލުކުރެއްވި ކުރެއްވުމުގަ އެވެ.

"މަނިކުފާނު އެހީވެދެއްވަން ތިއުޅުއްވަނީ މި ޤައުމުގެ ރައްޔިތުންނަށް އަނިޔާވެރިވެފައިވާ ސަރުކާރަކަށް،" އެ ސަރަހައްދުގައި ހުރި ލުބުނާނުގެ ރައްޔިތެއް ރައީސް މެކްރޯންއާއި ވާހަކަ ދައްކަމުން ބުންޏެވެ. އޭގެ ޖަވާބުގައި ރައީސް މެކްރޯން ވިދާޅުވެފައި ވަނީ އެމަނިކުފާނު އެ ޤައުމަށް ވަޑައިގަތީ ސަރުކާރަށް އެހީވެދޭން ނޫން ކަމަށާއި، އެ ޤައުމުގެ ރައްޔިތުންނަށް އެހިވެދޭން ކަމަށެވެ.

ލުބުނާނަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މެކްރޯން އަށް މަރުޙަބާ ވިދާޅުވުމަށް ލުބުނާނުގެ ރައީސް މިޝޭލް އަޔޫން އެ ޤައުމުގެ އެއާޕޯޓަށް ވަޑައިގެން ވަގުތު އެއާޕޯޓުން ވަނީ ކަރަންޓު ކެނޑިފަ އެވެ. ލުބުނާނުގެ މީޑިއާތަކުން ރިޕޯޓު ކުރާގޮތުގައި ކަރަންޓު ކެނޑުމަކީ އެ ޤައުމުގައި އާންމު ކަމެއް ނަމަވެސް، އެފަދަ ދަނޑިވަޅެއްގައި ކަރަންޓު ކެނޑުމަކީ ލުބުނާނު ސަރުކާރު ލަދުގަންނަންޖެހޭ ކަމެކެވެ. ރައީސް މެކްރޯންގެ ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ގޮވުން ގޮވި ސަރަހައްދުގައި ހަރަކާތްތެރިވި މަސައްކަތްތެރިންނާ ބައްދަލުކުރައްވާފަ އެވެ.

ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ހިނގި ހާދިސާއާ ގުޅިގެން އެ ޤައުމުގެ ރައްޔިތުން ދަނީ ސަރުކާރުގެ އިސްތިޢުފާއަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ. އެގޮތުން ހާދިސާ ހިނގި ސަރަހައްދަށް އެ ޤައުމުގެ ޖަސްޓިސް މިނިސްޓަރ މޭރީ-ކްލައުޑް ނާޖެމް ޒިޔާރަތްކުރައްވަން އުޅުމުގެ ތެރޭގައި މުޒާހަރާ ކުރި މީހުން ވަނީ އެކަމަނާ ގައިކޮޅަށް ފެން ޖަހާ، އިސްތިޢުފާއަށް ގޮވާފަ އެވެ. އަދި މުޒާހަރާކުރި މީހުންނާ ވާހަކަފުޅު ދެއްކެވުމަށް މަސައްކަތް ކުރެއްވުމުން އެމީހުން ވަނީ ހަޅޭއްލަވައި، އެކަމަނާ އެ ސަރައްދުން ފޮނުވާލާފަ އެވެ.

އަންގާރަ ދުވަހު ހިނގި ހާދިސާ މެދުވެރިވި ސީދާ ސަބަބެއް އަދި ހޯދިފައިނުވި ނަމަވެސް، މި ހާދިސާގެ ނުރައްކަލާއި ގެއްލުން ބޮޑުވެފައި ވަނީ އެ ސަރަހައްދުގައި ގޮވާތަކެތި ރައްކާކޮށްފައިވާ ގުދަނެއް ހުރުމުން ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *