Support Us

ލަންކާގެ އިންތިޙާބު ރާޖަޕަކްސަގެ ޕާޓީން ކާމިޔާބު ކުރަނީ

އިއްޔެ ބޭއްވުނު ސްރީލަންކާގެ ޕާލިމަންޓްރީ އިންތިޙާބުގެ ވަގުތީ ނަތީޖާއިން ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އެސްއެލްޕީޕީ ޕާޓީން ކުރި ހޯދައިފި އެވެ.

ސްރީލަންކާގެ މީޑިއާތަކުން ބުނާގޮތުގައި އިންތިހާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ 6.2 މިލިއަން މީހުންގެ ތެރެއިން 70 ޕަސެންޓު މީހުން ވޯޓުލާފައިވާއިރު، އޭގެ ތެރެއިން ހަ މިލިއަން ވޯޓު މިހާރު ވަނީ ގުނާފަ އެވެ. އަދި މިހާރުގެ ނަތީޖާއިން ދައްކާ ގޮތުގައި އެސްއެލްޕީޕީ އިން ވަނީ 82 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ވޯޓު އެއްކޮށް ގުނާ ނިމިފައި ނުވިނަމަވެސް، ބޮޑު އަޣުލަބިއްޔަތާއެކު އިންތިޙާބުގެ އެންމެ ކުރީގައި ވެރިކަން ކުރާ ޕާޓީ އޮތުމުން ލަންކާގެ ރައީސް، އަދި މަހިންދަ ރާޖަޕަކްސަގެ ބޭބޭފުޅު ގޯޓަބަޔާ ވަނީ އިންތިޙާބު ކާމިޔާބު ވެއްޖެކަން ޓްވިޓަރ މެދުވެރިކޮށް އިޢުލާންކުރައްވާފަ އެވެ. އެގޮތުން ރައީސް ގޯޓަބަޔާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ މިހާތަނަށް ނެރިފައިވާ ނަތީޖާގެ އެންމެ ކުރީގައި އުޅެނީ ޕޮޑުޖަނާ ޕާޓީ ކަމަށެވެ. އަދި ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް ބޭނުންވާ ވަރުގެ އަޣުލަބިއްޔަތެއް މަޖިލީހުން ލިބޭނެކަމުގެ ޔަޤީންކަން އޮތް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މިއަދު ވޯޓު ގުނަން ފެށުމާއެކު، އާ ސަރުކާރެއް ޤާއިމްކުރުމަށް އެ ޕާޓީން ތައްޔާރަށް އޮތް ކަމަށް އެސްއެލްޕީޕީ ޕާޓީގެ ފައުންޑަރ އަދި ނެޝަނަލް އޮގަނައިޒަރ ބަސިލް ރާޖަޕަކްސަ ވަނީ ވިދާޅުވެފަ އެވެ. ބަސިލް އަކީ ރައީސް ގޯޓަބަޔާ ރާޖަޕަކްސަ އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *