Support Us

96 އަހަރުގައި ޑިގްރީ ނަގައި، މުޅި ކޯހުން އެއްވަނަ

އެންމެ ކުޑަ އިރުއްސުރެ މަތީ ތަޢުލީމު ހާސިލްކުރުމުގެ ހުވަފެން ދެކެމުން އައި ޖައިސެޕް ޕެޓަރނޯ އަށް އޭނާގެ ހުވަފެން ހަޤީޤަތަކަށް ހެދިފައި ވަނީ އުމުރުން 96 އަހަރުގަ އެވެ. ޕެޓަރނޯގެ ހުވަފެން ހަޤީޤަތަކަށްވެ، އޭނާ ވަނީ ފިލޯސޮފީން ޑިގްރީ ހާސިލް ކުރުމާއެކު މުޅި ކްލާހުން އެއްވަނަ ވެސް ހޯދައިފަ އެވެ.

ޕެޓަރނޯ ބުނީ އެއީ އޭނާގެ ހަޔާތުގެ އެންމެ އުފާވެރި ދުވަހެވެ.

"އަހަރެން ގްރެޖުއޭޓްވީތަން ދެކެން އަންހެނުން ދުނިޔޭގައި ހުރިނަމައޭ ހިތަށް އަރާ. މިހާރު އެބަ ވިސްނަން މާސްޓަރޒް ޑިގްރީއެއް ހަދަން. އަހަރެންގެ މަންމަ 100 އަހަރު ވަންދެން ދުނިޔޭގައި ހުރި. އެހާ ދުވަސް ވަދެން އަހަންނަށް ދުނިޔޭގައި ހުރެވިއްޖެ ކަމަށްވާ ނަމަ އެކަން ހާސިލްކުރުމަށް އަދި ހަތަރު އަހަރު އެބައޮތް."

ޕެޓަރނޯ ބުނިގޮތުގައި ކުޑައިރު ވެސް ކިޔަވަން ޝައުގުވެރިކަން ހުރި ނަމަވެސް، ފަޤީރުކަމުގެ ސަބަބުން ސްކޫލް ފީ ދެއްކުމަށް އޭނާގެ އާއިލާ ވަނީ ނުކުޅެދިފަ އެވެ. ހަތް ކުދިންގެ އާއިލާގެ ތެރެއިން އެންމެ ދޮށީ ދަރީގެ ހައިސިއްޔަތުން އޭނާގެ ބައްޕައަށް އެހީވުމަށް ޕެޓަރނޯ ވަނީ ޅަ އުމުރުގައި މަސައްކަތުގެ މާހައުލަށް ނިކުމެފަ އެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޕެޓަރނޯ ވަނީ އިޓަލީގެ އަސްކަރިއްޔާގައި ޓެލެގްރާފަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އެއަށްފަހު ކައިވެނިކޮށް، އާއިލާ ބެލެހެއްޓުމުގެ ގޮތުން ރެއިލްވޭ ސްޓޭޝަނެއްގައި ވަޒީފާ އަދާކުރަން ފަށާފައިވާ ކަމަށާއި، އެ ދުވަސްވަރު ކިޔެވުމުގެ ޝައުގު އިތުރުވެ، ކްލާސްތަކަށް ދާން ފައިވާކަމަށް ވެސް ޕެޓަރނޯ ބުންޏެވެ.

"ދުވާލު ގަޑީގައި މަސައްކަތް ކުރުމަށްފަހު ހަވީރު ކްލާސްތަކަށް ގޮސް، ކިޔަވަނީ ރޭގަނޑު" 31 އަހަރުގައި ސާނަވީ ތަޢުލީމު ހާސިލްކުރި ޕެޓަރނޯ ކިޔައިދިނެވެ.

އޭގެ އަހަރުތަކެއް ފަހުން 2017 ވަނަ އަހަރު ޕެޓަރނޯ ވަނީ ޔުނިވަރސިޓީ އޮފް ޕެލަރމޯގެ ފިލޮސޮފީ ޑިގްރީ ކޯހެއްގައި ބައިވެރިވެފަ އެވެ. ޕެޓަރނޯ ބުނިގޮތުގައި އޭނާގެ އެސައިންމަންޓުތައް ހެދުމަށް ބޭނުންކޮށްފައި ވަނީ 1984 ވަނަ އަހަރު އޭނާގެ މަންމަ ދީފައިވާ ޓައިޕްރައިޓަރެކެވެ.

ޕެޓަރނޯ ބުނިގޮތުގައި އެ އުމުރުގައި ކިޔެވުމުގެ ބޭނުމަކީ ކޮބާތޯ އޭނާގެ އަވަށްޓެރިން އޭނާ ގާތު އަހާ އުޅުނެވެ. އޭނާ ދެކޭގޮތުގައި އުމުރުން ކިތަންމެ ދުވަސްވީ ނަމަވެސް ހުވަފެނެއް ހަޤީޤަތަށް ހެދުމަކީ ކިހާ މުހިއްމު ކަމެއްކަން އެމީހުންނަށް ނުވިސްނެނީ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *