Support Us

އެޑްވަޓޯރިއަލް

ހުޅުމާލެ ސްމާޓް ސިޓީއަކަށް ވާސިލުވުމަށް ލޯރާވޭން އައި.އޯ.ޓީ ސެންސަރ ނެޓްވޯކެއް

ހުޅުމާލޭގެ ރައްޔިޔުންގެ ދިރިއުޅުން ހިތްފަސޭހަކުރުމަށް އިންގިލާބީ ބަދަލެއް ގެނައުމަށް އާބަންކޯއިން ކުރާ ބިޔަ ދަތުރުގައި މުހިއްމު ދައުރެއް އަދާކުރާ އެއް ބްރޭންޑަކީ ސްމާޓްކޮމް އެވެ. ސްމާޓް ސިޓީއެއްގެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށްޓަކައި އަސާސީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން މިފަހަރު މިފާހަގަކޮށްލަނީ މުޅި ހުޅުމާލެ ކަވަރުކުރާ ގޮތަށް ޤާއިމު ކުރެވިފައިވާ ވަޔަލެސް އައި.އޯ.ޓީ ސެންސަރ ނެޓްވޯކްގެ ވާހަކައެވެ.

އައި.އޯޓީ ސެންސަރ ނެޓްވާކެއް މުހިއްމުވަނީ ކީއްވެ؟

ދާދިފަހުން ހުޅުމާލޭ ހިޔާ ފްލެޓް ތަކުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާތަކަށް ބަލައިލަމާތޯއެވެ؟ މިފަދަ ހާދިސާތައް ދެނެގަނެ ކޮންޓްރޯލް ކުރުމަށް ކަމާބެހޭ އިދާރާއަށް ދިމާވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން، އެކަށީގެންވާ އަވަސްމިނެއްގައި، އިތުބާރު ހިފޭގޮތަކަށް ކަށަވަރުކޮށް ވީހާވެސް އަހަށް އެކަމަށް އިޖާބަދިނުމެވެ. މިކަމުގައި އާއްމު ފަރާތްތަކުން ރިޕޯޓުކުރަންވާއިރަށް އަލިފާނުގެ ޙާދިސާއެއް އެސްކަލޭޓުވެގެން ދާން އެލިބޭ ވަގުތު އެއީ ވަރަށް މުޙިއްމު ވަގުތު ކޮޅެކެވެ.

އަލިފާނުގެ ޙާދިސާތައް ދެނެގަތުމަށް ބޭނުން ކުރާ އެލާމް ސިސްޓަމްތައް ގިނަ ފަހަރަށް ބެލެހެއްޓުންވެސް ވެފައިވަނީ ތަކުލީފު ބޮޑު މަސައްކަތަކަށެވެ. ދެން އޮތީ ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން އިންޓަނެޓަށް ބަރޯސާވާ ސެންސަރެއް ހަރުކުރުމުން އިންޓަނެޓް ނުހުންނަ ވަގުތަކުގައި އޭގެ އިތުބާރު ހިފޭނެ މިންވަރާ ގުޅޭ ސުވާލެވެ. މިފަދަ ކަންކަމަށް ހައްލެއް ހޯދައިދެނީ އެކަމަށް ޚާއްޞަކޮށް ޤާއިމުކުރެވޭ ނެޓްވޯކަކުންނެވެ. މިގޮތުން މިހާރު ހުޅުމާލޭގައި ސްމާޓްކޮމް އިން ޤާއިމުކޮށްފައިވާ ވަޔަލެސް ސެންސަރ ނެޓްވޯކަކީ މިފަދަ ސެންސަރުތަކަށް ޚާއްޞަ ނެޓްވޯކެކެވެ. އަލިފާނުގެ ޙާދިޘާތައް ދެނެގަތުމުގައި ކަމާބެހޭ ފަރާތްތަކަށް އިތުރު ފަސޭހަކަމާއި އަވަސްކަމެއް މިފަދަ ނިޒާމެއްގެ ތެރެއިން ފަހިކުރެވިދާނެއެވެ.

އައި.އޯ.ޓީ ސެންސަރ ނެޓްވާކެއް ޤާއިމުކުރުމުން ހުޅުވިގެންދާ ދޮރުތައް

މިފަދަ ނެޓްވޯކެއް ޤާއިމުކުރުމުގެ ސަބަބުން އީޖާދީ ވިސްނުންތަކާއި އިތުރު ސްމާޓް ޓެކްނޮލޮޖީތަކަށް މަގުފަހިވެގެންދެއެވެ. ކޮލެޖެއް ނުވަތަ ޔުނިވާސިޓީގެ ދިރާސާތަކަށް މިނެޓްވޯކް ބޭނުން ކުރެވިދާނެއެވެ. އަދި ހަމަ އެހެންމެ، ސިޓީއަކަށް ދިމާވާ އެންމެ ބޮޑެތި ގޮންޖެހުންތައް ހައްލުކުރުމަށް އެކި ދާއިރާތަކުން ސްމާޓް ސޮލިއުޝަންތައް ތަޢާރަފްކުރުމަށް މިފަދަ ނެޓްވޯކެއް ބޭނުން ކުރެވިދާނެއެވެ. ގަސްހެއްދުމާއި ގަސްތަކަށް ފެންޖެހުމަށް ކުރާ މަސައްކަތްތައް ސްމާޓް އިރިގޭޝަންގެ އެހީގައި ލުއި ކުރެވިދާނެއެވެ. މަގުމަތީގެ ތޮއްޖެހުމާއި ޓްރެފިކް މައްސަލަތައް ދެނެގަތުމަށް ސްމާޓް ޓްރެފިކް މޮނިޓަރިން ބޭނުން ކުރެވިދާނެއެވެ. އެއްގަމު އުޅަނދުފަހަރު ޓްރެކްކޮށް ބެލެހެއްޓުމާއި ވެއާހައުސް މެނޭޖުކުރުމަށް ސްމާޓް އެސެޓް މޮނިޓަރިން ބޭނުން ކުރެވިދާނެއެވެ. ކޮންސްޓްރަކްޝަން މަސައްކަތްކުރާ މަސައްކަތްތެރިންގެ ރައްކާތެރިކަން ދެނެގަތުމަށް ސްމާޓް ސޭފްޓީ ބޭނުން ކުރެވިދާނެއެވެ. މީގެ އެހީގައި ރައްކާތެރިކަމުގެ ހެލްމެޓް ނުވަތަ ވަޞީލަތްތައް ބޭނުން ނުކުރާ މަސައްކަތްތެރިން ދެނެގަނެ ޒިންމާދާރުކުރުވިދާނެއެވެ. ރަށުތެރޭގެ ކުނިބުނި މެނޭޖުކުރުމާއި އަޑުގަދަވުމާއި މިބާވަތުގެ އެތައް މައްސަލަތަކެއް ހައްލުކުރުމަށް ބޭނުންކުރަންޖެހޭ އެތަކެއް ސަތޭކަ ސެންސާތަކެއް ވަރަށް ފަސޭހަކަމާއެކު މިފަދަ ނެޓްވޯކަކާއި ގުޅާލެވިދާނެއެވެ.

މިހާރު ކުރިއަށްދާ ޕްރޮޖެކްޓްތައް

ހުޅުމާލޭގައި ދިމާވާ އެންމެ ބޮޑު އެއްމައްސަލަ އަކީ ޢާއްމު ސަރަޙައްދުތަކަށް ކުނިއެޅުމުގެ މައްސަލައެވެ. ޚާއްޞަކޮށް މޫދުކައިރި އާއި އަތިރިމަތީގައި ކޮތަޅާއި ފުޅި، ދަޅު އަދި ނެޕީ ފަދަ ކުނި އުކާލާފައި ހުންނަ ހުރުމަކީ ލަދުވެތި ކަމެކެވެ.

ހުޅުމާލޭ އޮޕަރޭޝަންސް ސްޓާފުން ފާހަގަކުރައްވާ ގޮތުގައި ބަރާބަރަށް ޑަސްބިންތައް ބޭނުން ނުކުރުމާއި އަދި ފުރޭ ޑަސްބިންތައް ދެނެގަނެ ވީހާވެސް އަވަހަށް އެ ޑަސްބިންތައް ހުސްކުރުން ވެފައިވަނީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސްމާޓްކޮމް އިން މިވަނީ ޑަސްބިންތައް "ސްމާޓް" ކުރަން ފަށާފައެވެ. ނަތީޖާއެއްގެ ގޮތުން ކަމާގުޅޭ މުވައްޒަފުންނަށް މި ޑަސްބިންތައް ބޭނުންކުރާގޮތުގެ ތަފާސްހިސާބު ބަލާލެވެއެވެ. އެންމެ ގިނައިން ފުރޭ ބިންތަކާއި ފުރޭ ދުވަސްތަކާއި ފުރޭ ވަގުތުތައް ފަސޭހަކަމާއެކު ދެނެގަނެވެއެވެ. މިއީ ތިމާވެއްޓާ ރައްޓެހި، ހިތްފަސޭހަ ތަނަކަށް ހުޅުމާލެ ހެދުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާ ކަމެކެވެ.

ލޯރާވޭން– ސްމާޓްސިޓީތަކަށް އެންމެ އެކަށޭނަ ވަޔަލެސް ނެޓްވާރކް

ސްމާޓްކޮމްއިން ޤާއިމުކޮށްފައި މިވަނީ ލޯރާވޭން އައި.އޯ.ޓީ ސެންސަރ ނެޓްވޯކެކެވެ. މިއީ މިއަދު ކުރިއަރާފައިވާ ޤައުމުތަކުގައި ޤާއިމުކުރަމުންދާ އެންމެ ފުރިހަމަ އައި.އޯ.ޓީ ނެޓްވާކްގެ ބާވަތެކެވެ. މިނެޓްވޯކުގެ ޚާއްޞަކަމަކީ، ކަވަރޭޖު ބޮޑުވެފައި، ޑޭޓާ ބޭނުންކުރާ ވަރު މަދުވެފައި ޑިވައިސްތަކުގެ ބެޓެރީގެ ޢުމުރު ދިގުވުމެވެ. ޢާއްމުގޮތެއްގައި މިފަދަ ސެންސައެއްގެ ބެޓެރީގެ ޢުމުރަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދެވެ. މިއީ ޑިވައިސްތައް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހަކަމެކެވެ.

ކުރިމަގަށް ކުރާ އުއްމީދު

ސްމާޓްކޮމްގެ އުއްމީދަކީ ރައްޔިތުންނަށް ފަސޭހަވާ ފަދަ ސްމާޓް ޚިދުމަތްތައް ތަޢާރަފުކުރުމެވެ. އަދި ރައްޔިތުންނާ އެންމެ ގުޅުންހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އަޅުގަނޑުމެންގެ އިންފްރާސްޓަރަކްޗަރ ހުޅުވާލައި، ސްމާޓް ސޮލިއުޝަންތަކެއް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމެވެ. އެންމެންގެ ބައިވެރިވުމާއެކު މިއީ ކުރެވިދާނެ ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *