ކޮވިޑް19 އަށް ރާއްޖޭގައި މިއަދުވެސް 148 މީހުން ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި 148 މީހުންގެ ތެރޭގައި ހިމެނެނީ 117 ދިވެހިންނާއި 22 ބަންގްލަދޭޭޝް މީހުންނާއި ހަތް އިންޑިއާ މީހުންނާއި ނޭޕާލް މީހަކާއި ސީޝެލްސް މީހެއް ކަމަށެވެ.
ރާއްޖޭގައި ކޮވިޑް19 ފެތުރެމުންދާ ސްޕީޑަށް ބަލާފައި މި އޮގަސްޓް މަހު ބަލި ޖެހޭ މިންވަރު އިތުރުވަމުންދާނެ ކަމަށް ނޭޝަނަލް އެމެންޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް މި އޮގަސްޓް މަހު ޕޮޒިޓިވްވާނެ ކަމަށް އެންއީއޯސީގެ ދިރާސާއަކުން ވަނީ ދައްކައިފަ އެވެ. އެގޮތުން އަންދާޒާާ ކުރި އަދަދަށްވުރެ ގިނައިން އޮގަސްޓް މަހުގެ ދެވަނަ ދުވަހު 215 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ.
ބަލި ފެތުރެމުންދާ މިންވަރު އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅަން ފަށައިފަ އެވެ. އެގޮތުން މިއަދު ވަނީ މާލޭ ސަރަހައްދުގައި ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް ކާފިއު ހިންގާނެކަން އިއުލާންކޮށްފަ އެވެ. އަދި ބޭރުތެރޭގައި އުޅޭއިރުވެސް ފަސް މީހުންނަށްވުރެ ގިނައިން އެއްކޮށް ނޫޅުމަށާއި އާއްމު ތަންތަނުގައި ގްރޫޕް ހަދައިފައި ކުޅިވަރުތައް ނުކުޅެން ވަނީ އަންގާފަ އެވެ. އަދި ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓްތައް ވެސް 9:30ގައި ބަންދުކުރުމަށާއި އޭގެ ފަހުން ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތްތައްވެސް ނުދޭން ވަނީ އަންގާފަ އެވެ.

ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4594 އަށް އަރާފައިވާއިރު އެކްޓިވް ކޭސްތަކުގެ ގޮތުގައި 1869 އެބައުޅެ އެވެ.
ކޮވިޑް19 ޖެހިގެން މިހާތަނަށް 2706 މީހުން ރަނގަޅުވެފައިވާއިރު 110 މީހަކަށް ހޮސްޕިޓަަލްތަކުގައި ގެންދަނީ ފަރުވާދެމުންނެވެ. މި ބަލީގައި މިހާތަނަށް 19 މީހުން ވަނީ މަރުވެފަ އެވެ.



advertisment